ކ. މާލެ
|
24 ސެޕްޓެންބަރ 2021 | ހުކުރު 16:16
އަލްޖީރިޔާގެ އަޕަރ ހައުސް ޗެއަރމަން
އަލްޖީރިޔާގެ އަޕަރ ހައުސް ޗެއަރމަން
ރޮއިޓަރސް
އަލްޖީރިއާގެ ވައިގެ ސަރަހައްދު ބަންދު ކުރުން
މޮރޮކޯއަށް އަލްޖީރިއާގެ ވައިގެ ސަރަހައްދު ބަންދުކޮށްފި
މޮރޮކޯގެ ރެޖިސްޓްރޭޝަން ނަމްބަރެއް ޖަހާފައިވާ ހުރިހާ ފްލައިޓްއެއްވެސް ހިމެނޭނެ
މިގޮތަށް ނިންމާފައިވަނީ އެގައުމުގެ ސުޕްރީމް ސެކިއުރިޓީ ކައުންސިލުން

މޮރޮކޯގެ އާއްމު އަދި އަސްކަރީ މަތިންދާބޯޓުތަކަށް އަލްޖީރިޔާގެ ވައިގެ ސަރަހައްދު ބަންދުކޮށްފިއެވެ. މިގޮތަށް ނިންމާފައިވަނީ އެގައުމުގެ ސުޕްރީމް ސެކިއުރިޓީ ކައުންސިލުންނެވެ.

މިބަޔާނުގައި ވާގޮތުން މޮރޮކޯގެ ރެޖިސްޓްރޭޝަން ނަމްބަރެއް ޖަހާފައިވާ ހުރިހާ ފްލައިޓްއެއްވެސް ހިމެނޭނެއެވެ. މޮރޮކޯއިން އަލްޖީރިޔާގެ ނިންމުމަށް އަދި ބަހެއް ބުނެފައިނުވާއިރު މިހާރު އެގައުމުން އަލްޖީރިޔާގެ ވައިގެ ސަރަހައްދު ބޭނުން ކޮށްގެން ކުރަމުންދަނީ ހަފުތާއަކު 15 ދަތުރެވެ. އެއީ މޮރޮކޯއިން ތުރުކީ، ޓިއުނީޝިއާ އަދި މިސުރަށެވެ.

އިތުރު ފަރާތްތަކުން މިކަމާ ބުނަމުން ދަނީ އަލްޖީރިޔާގެ ވައިގެ ސަރަހައްދު މޮރޮކޯއަށް ބަންދުކުރިޔަސް އެއްވެސް ދަތުރަކަށް ހުރަސް ނޭޅޭނޭ ކަމަށާއި، އެދަތުރުތައް މެޑިޓޭރިއަން ރޫޓު ބޭނުންކޮށްގެން ކުރެވޭނެކަމަށެވެ.

މިގޮތަށް ނިންމާފައި މި ވަނީ އަލްޖީރިޔާ އާއި މޮރޮކޯއާއިއެކު ވެފައިވާ ހުރިހާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލިތާ މަސްދުވަސްވެސް ހަމަނުވެ އޮއްވައެވެ. ދެގައުމުގެ ދެމެދުގައިވާ ގުޅުން ބޮޑަށް ހީނަރުވެފައިވަނީ މޮރޮކޯގެ ހަރުކަށި އަމަލުތަކާއިހެދިކަމަށް ބުނެއެެވެ. އަދި މޮރޮކޯއިން އަލްޖީރިޔާގެ ކަބީލީ ސަރަހައްދަކީ މޮރޮކޯގެ ސަރަހައްދެއް ގޮތުގައި ވާހަކަދެކެވިފައިވަނިކޮށެވެ. އެ ސަރަހައްދުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާތަކުގައި 65 މީހުން މަރުވެދިޔައީވެސް މޮރޮކޯގެ ސަބަބުން ކަމަށް އަލްޖީރިޔާއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް