ކ. މާލެ
|
12 އޯގަސްޓް 2021 | ބުރާސްފަތި 07:10
އަލްޖީރިއާގައި ރޯވަމުންދާ އަލިފާން، މިހާތަނަށް 100ށްވުރެ ގިނަ ސަރަހައްދުތަކުގައި ރޯވެފައިވޭ
އަލްޖީރިއާގައި ރޯވަމުންދާ އަލިފާން، މިހާތަނަށް 100ށްވުރެ ގިނަ ސަރަހައްދުތަކުގައި ރޯވެފައިވޭ
ރޮއިޓަރސް
އަލްޖީރިއާގައި އަލިފާން ރޯވުން
އަލްޖީރިއާގައި ރޯވަމުންދާ އަލިފާނުގެ ސަބަބުން 42 މީހުން މަރުވެއްޖެ
މަރުވި މީހުންގެ ތެރޭގައި 25 ސިފައިން ހިމެނޭ
އަލްޖީރިއާގެ 17 ޕްރޮވިންސްއަކުން 100ށް ވުރެ ގިނަ ސަރަހައްދުގައި އަލިފާން ރޯވެފައިވޭ

ހޫނު ގަދަވުމުގެ ސަބަބުން އަލްޖީރިއާގެ އިރުމަތީގައި ރޯވަމުންދާ އަލިފާނުގެ ސަބަބުން 42 މީހުން މަރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަލިފާނުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި 25 ސިފައިން ހިމެނެއެވެ. އަދި އަލިފާން ނިއްވުމަށް މަސައްކަތް ކުރަމުން އަންނަ އިތުރު ސިފައިންނަށް އަނިޔާވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އަލްޖީރިއާގެ 17 ޕްރޮވިންސްއަކުން 100ށް ވުރެ ގިނަ ސަރަހައްދުގައި އަލިފާން ރޯވެފައިވާއިރު، އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަނިކޮށް މަރުވި ސިފައިންނަށް އެގައުމުގެ ރައީސް އަބްދުލްމަޖީދު ތަބޫން ވަނީ ތައުރީފްކުރައްވާފައެވެ. އަދި މަރުވި ސިފައިން ވަނީ އަލިފާން ރޯވި ސަރަހައްދުތަކުގައި ދިރިއުޅެމުންދިޔަ 100ށް ވުރެ ގިނަ މީހުން ސަލާމަތް ކޮށްދީފައި ކަމަށް ވިދާޅުވިއެވެ.

އަލްޖީރިއާގެ ފިނިހޫނުމިން 46 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވެފައިވާއިރު، ކުރިޔަށް އޮތް ދުވަސްތަކުގައި އެގައުމުގެ އިތުރު ހިސާބުތަކުގައި އަލިފާން ރޯވުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް