ކ. މާލެ
|
11 ޖުލައި 2021 | އާދީއްތަ 07:32
އަލްޖީރިއާގެ ބޮޑުވަޒީރުކަމާއި އަލަށް ހަވާލުވެވަޑައިގެންނެވި އައިމަން ބެނަބްދެއްރަހުމާނީ
އަލްޖީރިއާގެ ބޮޑުވަޒީރުކަމާއި އަލަށް ހަވާލުވެވަޑައިގެންނެވި އައިމަން ބެނަބްދެއްރަހުމާނީ
އަލްޖަޒީރާ
އަލްޖީރިއާގެ އައު ބޮޑުވަޒީރު ކޮވިޑަށް ޕޮޒިޓިވް
އަލަށް އިންތިޚާބުވެވަޑައިގެންނެވި އަލްޖީރިއާގެ ބޮޑުވަޒީރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ކޮވިޑަށް ޕޮޒިޓިވްވެވަޑައިގަތުމާ ގުޅިގެން 7 ދުވަސް ވަންދެން ހުންނަވަން ޖެހިވަޑައިގަންނަވާނީ ކަރަންޓީނުގައި
އައު ސަރުކާރު ވަނީ ބުދަ ދުވަހު އެކުލަވާލާފައި

އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖީރިއާގެ އައު ބޮޑުވަޒީރު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ރޮއިޓާސްގައި ރިޕޯޓްކޮށްފައިވާ ގޮތުން، އަލްޖީރިއާގެ ބޮޑުވަޒީރުކަމާ އަލަށް ހަވާލުވެވަޑައިގެންނެވި އައިމަން ބެނަބްދެއްރަހުމާނީ ކޮވިޑަށް ޕޮޒިޓިވްވެ ވަޑައިގެންނެވިކަން އެގައުމުގެ ދައުލަތުގެ ޓީވީން ވަނީ ރިޕޯޓްކޮށްފައެވެ.

އައިމަން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން ބުދަ ދުވަހު ސަރުކާރު އެކުލަވާލައްވާފައިވާ އިރު، ކޮވިޑަށް ޕޮޒިޓިވްވެވަޑައިގަތުމާ ގުޅިގެން 7 ދުވަސް ވަންދެން ހުންނަވަން ޖެހިވަޑައިގަންނަވާނީ ކަރަންޓީނުގައެވެ. ނަމަވެސް ކަރަންޓީނުގައި ހުންނަވައިގެން ވާޗުއަލްކޮށް ރަސްމީ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އަލްޖީރިއާގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން، އެގައުމުގެ ރައީސް އަބްދެލްމަދްޖިދް ޓެއްބޯން ވަނީ ފިޔަވަޅުތަކެއް އެޅުމަށް އަމުރުކުރައްވާފައެވެ. އެގޮތުން ގައިދުރުކަން ބެހެއްޓުމާއި، މާސްކް އެޅުން މަޖުބޫރުކުރުން ހިމެނެއެވެ. މީގެ އިތުރުން ވެކްސިން ޖެހުމުގެ މަސައްކަތް އަވަސްކޮށް އިތުރުވަމުންދާ ކޭސްތަކުގެ އަދަދު ދަށްކުރުމަށް މަސައްކަތް ކުރުމަށް ވެސް ވަނީ އަންގަވާފައެވެ.

އަލްޖީރިއާގައި މިހާތަނަށް 145،000ށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާ އިރު، މހާތަނަށް 3 ހާހަށްވުރެ ގިނަ މީހުން ވަނީ ބަލީގައި ނިޔާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް