Advertisement
ކ. މާލެ
|
22 މެއި 2017 | ހޯމަ 14:39
ޕޯލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ފޮރިން ސެކްރެޓަރީގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރެއްވުން
ޕޯލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ފޮރިން ސެކްރެޓަރީގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރެއްވުން
ފޮރިން މިނިސްޓްރީ
ޚާރިޖީ ގުޅުން
ޕޯލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ފޮރިން ސެކްރެޓަރީގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި
ބައްދަލުވުން އޮތީ އާދީއްތަ ދުވަހު
ރާއްޖެއާއި މެދު ސަފީރު ބެހެއްޓެވި ގާތްކަމަށް ޝުކުރުއަދާކުރެއްވި
މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންނާއި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ރޮނގުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވި

ރިޕަބްލިކް އޮފް ޕޯލެންޑް އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ތޯމަސް ލުކާޒުކް، ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުޙައްމަދުގެ އަރިހަށް ވަދާޢީ ޒިޔާރަތްކުރައްވައިފިއެވެ.

އާދީއްތަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީވަނީ މިސްޓަރ ލުކާޒުކްގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި ދެމެދު ބޭއްވެވި ގާތްކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި އެކި ދާއިރާތަކުން، ވަކިން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންނާއި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ރޮނގުން، ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ފޮރިން ސެކްރެޓަރީއާއި އާއި ސަފީރު މަޝްވަރާކުރެއްވިއެވެ.  

މިބައްދަލުވުމުގައި، ފޮރިން ސެކްރެޓަރީގެ އަރިހުގައި މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލާ ޝިއުނީން ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް