ކ. މާލެ
|
17 ސެޕްޓެންބަރ 2021 | ހުކުރު 13:55
މާރާމާރީގައި ޒަހަމްވި ޒުވާނުންތައް،
މާރާމާރީގައި ޒަހަމްވި ޒުވާނުންތައް،
ސޯޝަލް މީޑިއާ
މާރާމާރީ ހިންގުން
އައްޑޫގައި ހިންގި މާރާމާރީއެއްގައި ދެޒުވާނަކަށް ސީރިއަސް ޒަހަމްތަކެއް
މައުލޫމާތު ލިބޭ ގޮތުގައި މާރާމާރީ ހިންގާފައިވަނީ ދެ ގުރޫޕެއްގެ ދެމެދުގައި
މިމާރާމާރީއާ ގުޅޭގޮތުން ފުލުހުން ގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި

އައްޑޫ ސިޓީގައި ހިންގި މާރާމާރީއެއްގައި ޒުވާނުންތަކަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މާރާމާރީ ހިންގާފައިވަނީ ދެ ގުރޫޕެއްގެ ދެމެދުގައެވެ. ހިތަދޫ ފްލެޓް ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، ދެ ޒުވާނަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް ވަނީ ލިބޭ ގޮތް ނުވެފައެވެ.

Advertisement

އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ފްލެޓްގެ ތެރޭގައި ގިނަ އަދަދެއްގެ ލޭ ފައިބާފައިހުއްޓެވެ.

މިމާރާމާރީއާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް