Advertisement
ކ. މާލެ
|
22 މެއި 2017 | ހޯމަ 05:57
މި އޭޓީއެމްގެ ދޮރުގެ ބިއްލޫރިގަނޑު ވަނީ ފުނޑު ފުނޑުވެފައި
މި އޭޓީއެމްގެ ދޮރުގެ ބިއްލޫރިގަނޑު ވަނީ ފުނޑު ފުނޑުވެފައި
ޓްވިޓަރ
ބީއެމްއެލް
އައިޖީއެމްއެޗް ގައި ހުންނަ ބީއެމްއެލް އޭޓީއެމްގެ ދޮރު ވަޔާއެކު ވެއްޓި ތެޅިއްޖެ!
މި ހާދިސާ ހިނގީ، އާދިއްތަ ދުވަހުގެ ރޭ، 11 ޖަހާކަންހާއިރު
މަރާމާރު ކުރުމަށް އެއޭޓީއެމްގެ ހިދުމަތް މިހާރު ވަނީ މެދުކަނޑާލާފައި
މަރާމާތު ކުރެވުނުހާ އަވަހަކަށް ހިދުމަތް އަލުން ދޭން ފަށާނެ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ހުންނަ ބޭންކް އޮފް މޯލްޑިވްގެ އޭޓީއެމްގެ ދޮރު ޖެހެމުންދާ ގަދަ ވަޔާއިއެކު ވެއްޓި ފުނޑު ފުނޑު ވެއްޖެއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ބޭންކް އޮފް މޯލްޑިވްގެ އޮފިޝަލަކު ވިދާޅުވީ، މި ހާދިސާ ހިނގީ، އާދިއްތަ ދުވަހުގެ ރޭ، 11 ޖަހާކަންހާއިރުކަމަށެވެ.

 

އެތަން މަރާމާރު ކުރުމަށް އެއޭޓީއެމްގެ ޚިދުމަތް މިހާރު މެދުކަނޑާލާފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި މަރާމާތު ކުރެވުނުހާ އަވަހަކަށް ޚިދުމަތް އަލުން ދޭން ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

ފުލުހުންވެސް ވަނީ މިހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުމުން އެ ސަރަހައްދުގައި ހަރަކާތްތެރިވާންފަށާފައެވެ.

 

މިހާރު ކުރަމުންދާ ވިއްސާރާގެ ސަބަބުން ވައިގަދަވެ، މާލެއާއި ހުޅުމާލޭގައި އެކިވަރުގެ ހާދިސާތައް ހިނގައި ވައިގަދަވެގެން ބައެއް ގަސްތަކާއި ބިލްބޯޑްތައް ވެއްޓި ވެހިކަލްތަކަކަށް ވަނީ ގެއްލުން ލިބިފައެވެ. މީގެ އިތުރުން ހުޅުމާލޭ ފަޅު ތެރޭ އޮތް ސަފާރީއަކާއި 27 ފަތުރުވެރިންނާއެކު ދަތުރު ކުރަމުން ދިޔަ ލޯންޗެއް އަޑިޔަށް ދާން ފެށުމުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ ހަރަކާތްތެރިވެފައެވެ.

 

މީގެއިތުރުން އާދިއްތަ ދުވަހުގެ ރޭކުރި ގަދަ ވިއްސާރައިގައި ޖެހުނު ގަދަވަޔާއިއެކު، ޖުމްހޫރީ މައިދާނުގައި ހުންނަ ބޮޑު ދިދަ ހަލާކުވެގެން ދިދަ ވަނީ ބާލައިފިއެވެ.

 

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ދިދަ ބާލާފައިވަނީ އިރުއޮއްސުނު އިރު އައި ކޮޅިގަނޑެއްގައި ދިދަ ހަރުކޮށްފައިވާ ވާގަނޑު ހަލާކުވުމުގެ ސަބަބުން ކަމަށެވެ. އަދި ދިދަ ހެދުނުހާ އަވަހަށް ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް