ކ. މާލެ
|
16 ސެޕްޓެންބަރ 2021 | ބުރާސްފަތި 06:59
ނައިބުރައީސް އީސީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވުން
ނައިބުރައީސް އީސީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވުން
ރައީސް އޮފީސް
އީސީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން
އީސީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި
މިއީ ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލާފައިވާ ޕްލޭން

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލާފައިވާ އެ ކޮމިޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފިއެވެ.

"ކުރިމަގު ރޭވުން" މި ނަމުގައި އިފްތިތާހުކުރި ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ. މި ޕްލޭންގައި އިލެކްޝަންސް ކޮމިޝަންގެ އިސްތިރާޖީ އެޖެންޑާއާއި، ކޮމިޝަންގެ ތަސައްވުރަށް ވާސިލްވުމަށް ގެންނަން ކަނޑައަޅާފައިވާ މައިގަނޑު ބަދަލުތަކާއި، ހާސިލްކުރަން ބޭނުންވާ ނަތިޖާތަކުގެ މަގުޗާޓު އެކުލަވާލާފައިވެއެވެ.

މި ޕްލޭނާ ގުޅޭގޮތުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މި މަގުޗާޓުގައި އެ ކޮމިޝަނުން ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތްތައް، މިހާރުގެ ޓެކްނޮލޮޖީއާ އެއްގޮތްވާގޮތަށް، ފަސޭހަ އަދި އަވަސް ނިޒާމަކުން ދިނުމަށް ރާވާފައިވާކަމަށެވެ. އަދި މިއީ އެ ކޮމިޝަނުން މިހާތަނަށް އެކުލަވާލި ތިންވަނަ ޕްލޭން ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުީ މި ޕްލޭންގައި ހުރި ކަންކަމަކީ ކުރިން ހިނގާފައިހުރި ކަންކަމުގެ ތަޖުރިބާގެ އަލީގައި ހިމަނާފައިވާ ކަންކަން ކަމަށެވެ. އަދި ކުރީގެ ތަޖުރިބާގެ އަލީގައި އެއް އިންތިޚާބަށް ފަހު އަނެއް އިންތިޚާބުގައި ވޯޓު ލުމުގެ ނިޒާމަށް އެކަށޭނަ ބަދަލު އަންނަމުންދާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ. ރާއްޖޭގައި ބާއްވާ އިންތިޚާބުތަކާ ގުޅޭގޮތުން ގައުމީ އަދި ބައިނަލްއަގުވާމީ ރިޕޯޓުތަކުން، އިންތިޚާބުތަކާމެދު އޮންނަ އިތުބާރު މަތިވަމުން އަންނަ ކަމަށް ދައްކާ ކަމަށް ފުއާދު ވިދާޅުވިއެވެ.

އީސީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ އިތުރުން އެ ކޮމިޝަންގެ ތަފާސްހިސާބުތައް ފެންނަ ޕޯޓަލްއެއް ވެސް މި ރަސްމިއްޔާތުގައި އިފްތިތާހްކޮށްފައިވެއެވެ.


Advertisement
- ކޮމެންޓް