Advertisement
ކ. މާލެ
|
22 މެއި 2017 | ހޯމަ 00:31
އެމްއެންޑީއެފް ކޯސްޓްގާޑް: ކަނޑުމަތީގެ ހާދިސާތައް މިދުވަސްވަރު ގިނަ
އެމްއެންޑީއެފް ކޯސްޓްގާޑް: ކަނޑުމަތީގެ ހާދިސާތައް މިދުވަސްވަރު ގިނަ
ގޫގުލް
ކަނޑުމަތީގެ ހާދިސާ
ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރު ކުރި ލޯންޗެއް ދިޔަވާން ފަށައިފި
އެލޯންޗުގައި 27 ފަތުރުވެރިން ތިބި
ހާދިސާ ހިނގީ ތުލުސްދޫ ކައިރީގައި

ސަމާ އައިލެންޑުން ފުރައިގެން 27 ފަތުރުވެރިންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް ދިޔަވަމުންދާތީ އެމްއެންޑީއެފް ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ސަމަރ އައިލެންޑުން ފުރައިގެން  27 ފަތުރުވެރިންނާއެކު ދަތުރުކުރަމުން ދަނިކޮށް ލޯންޗެއްގެ ދިޔަވަމުންދާކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކޯސްޓްގާޑުން އެލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެހާދިސާ ހިނގާފައިވަނީ އެލޯންޗް ސަމަރއައިލެންޑުން ފުރައިގެން ކ ތުލުސްދޫއާ ހަމައަށް އައިތަނާ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލެ ފަޅުތެރޭގައި އޮތް "ފާތިމާ" ނަމަކަށް ކިޔާ ސަފާރީ އަކަށް ދިޔަވަމުންދާތީ އެކަމުގެ ރިޕޯޓްވެސް މިއަދު ލިބިގެން މިހާރު އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ދަނީ ޕަމްޕް ބޭނުންކޮށްގެން އެސަފާރީން ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުން ކަމަށް އާޒިމް ވިދާޅުވިއެވެ.

މިދުވަސްވަރަކީ ހުޅަނގު މޫސުމްގެ ވިއްސާރައިގާ ކަނޑުމަތީގެ ހާދިށަތައް ހިނގަމުންދާ ދުވަސްވަރެކެވެ. ކަމާބެހޭ އިދާރާތަކުން ދަނީ ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް