Advertisement
ކ. މާލެ
|
21 މެއި 2017 | އާދީއްތަ 19:04
ސްޓެލްކޯގައި މިއަދު އަލަށް ބެހެއްޓި ޖަނަރޭޓަރު
ސްޓެލްކޯގައި މިއަދު އަލަށް ބެހެއްޓި ޖަނަރޭޓަރު
ރާއްޖެއެމްވީ
ސްޓެލްކޯ އައު ޖަނަޜޭޓަރު
ސްޓެލްކޯއިން ގެނައި 8 މެގަވޮޓްގެ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
އަލަށް ބެހެއްޓާފައިވަނީ 8.9 މެގަވޯޓްގެ ޖަނަރޭޓަރެއް
27 ޖަނަރޭޓަރުން 72 މެގަވޮޓް ކަރަންޓް އުފެއްދޭ

މާލެއަށް ފޯރުކޮށްދޭ ކަރަންޓްގެ ހިދްމަތް އިތުރަށް ތަރައްގީކުރުމަށް ސްޓެލްކޯއިން އަލަށް ގެނައި 8.9 މެގަވޮޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފި އެވެ.

މި ޖަނަރޭޓަރު ބޭނުންކުރަން ފެށުން އިފްތިތާހްކޮށް ދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. 

މިނިސްޓަރު ތޯރިގް ވިދާޅުވީ ދުވަހުން ދުވަހަށް މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު އަހަރަކު 11 ޕަސެންޓް އިތުރުވާ ކަމަށެވެ.

އާ ޖަނަރޭޓަރު ސެޓާއެކު މާލެއަށް ފޯރުކޮށްދޭ ކަރަންޓްގެ ހިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ 24 ގަޑިއިރު ކަރަންޓް ޔަގީން ކޮށްދިނުމުގެ ގޮތުން ކަރަންޓްގެ ހިދްމަތް އިތުރަށް ތަރައްގީކުރުމަށް މަސައްކަތް ތަކެއް ކުރަމުން ގެންދާ ކަމަށެވެ.

މާލޭގެ ކަރަންޓްގެ ހިދުމަތް ވަރުގަދަކުރަން އަލަށް ބެހެއްޓް 8 މެގަވޮޓްގެ ޖަނަރޭޓަރު ސެޓް ބޭނުންކުރަން ފެށުން، މިނިސްޓަރު ތޯރިގް އާދީއްތަ ދުވަހު އިފްތިތާހްކޮށް ދެއްވަނީ 

މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޓެލްކޯއިން މާލޭގައި އަލަށް ބެހެއްޓި ޖަނަރޭޓަރާއެކު ޖުމްލަ 27 ޖަނަރޭޓަރުން މިހާރު މާލެއަށް ކަރަންޓް ފޯރުކޮށްދެ އެވެ. އާ ޖަނަރޭޓަރާއެކު، މާލޭގައި 72 މެގަވޯޓްގެ ކަރަންޓް އުފެއްދޭނެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު މާލޭގައި އެންމެ ގިނައިން ކަރަންޓް ބޭނުންކުރާ ވަގުތުތަކުގައި 55 ވެގަވޯޓްގެ ކަރަންޓް ބޭނުން ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް