Advertisement
ކ. މާލެ
|
21 މެއި 2017 | އާދީއްތަ 03:27
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ގުނުން
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ގުނުން
މުހައްމަދު ޝަރުހާން
ކައުންސިލް އިންތިހާބު
މަޑިފުށި ކައުންސިލް ޕީޕީއެމް އަށް، ކޮމަންޑޫ ގޮޑި އެމްޑީޕީއަށް
ކައުންސިލް އިންތިހާބުގެ ދެވަނަ ބުރު ދެ ރަށެއްގައި ބާއްވާފައިވޭ
މަޑިފުށި ތިން ގޮޑި ކާމިޔާބު ކުރީ ޕީޕީއެމް އިން
ކޮމަންޑޫގެ ދެ ވަނަ ބުރުގައި ވާދަކޮށްފައިވަނީވެސް އެމްޑީޕީގެ ދެ ކެނޑިޑޭޓުން

ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރު ކޮމަންޑޫ އާއި މަޑިފުށީގެ ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

 

އިލެކްޝަންސް ކޮމިޝަނުން ހޮނިހިރު ދުވަހުގެ ރޭ 09:00 ގައި އިންތިހާބީ މަރުކަޒުގައި ވަނީ މިދެ ރަށުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފަ އެވެ. އެގޮތުން މަޑިފުށީގެ ތިން ގޮޑިވެސް ކާމިޔާބުކޮށްފައިވަނީ ޕީޕީއެމް އިން ނެވެ. މަޑިފުށީގެ ކައުންސިލް އިންތިހާބުގައި ހަތަރު ކެންޑިޑޭޓުން ވާދަކޮށްފައިވާ އިރު ވާދަކޮށްފައިވަނީ ޕީޕީއެމް ތިން ކެންޑިޑޭޓުންނާއި އެމްޑީޕީގެ އެއް ކެންޑިޑޭޓެކެވެ.

 

މަޑިފުށީގެ ކައުންސިލް އިންތިހާބުގެ ވޯޓު ފޮށްޓަށް 885 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު ވޯޓުލާފައިވަނީ 774 މިހުންނެވެ.

 

ށ އަތޮޅު ކޮމަންޑޫގެ ނަތީޖާއަށް ބަލާ އިރު ކުރިމަތިލި ދެ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވާއިރު މި އިންތިހާބުގައި ދެންވެސް ވާދަކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓެކެވެ.

 

ކޮމަންޑޫގެ ވޯޓުފޮށިތަކަށް 1367 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު ވޯޓުދިން މީހުންގެ އަދަދު އުޅެނީ 737 ގަ އެވެ.

 

ކޮމަންޑޫ ކައުންސިލްގެ ދެ ވަނަ ބުރެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ތިން ވަނަ އަށް އެންމެ ގިނަ ވޯޓް ލިބުނު ދެ ކެންޑިޑޭޓުނަށް ލިބުނު ވޯޓް އެއްވަރު ވުމާ ގުޅިގެންނެވެ.

 

މަޑިފުށި ކައުންސިލްގެ ދެ ވަނަ ބުރެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ތ. މަޑިފުށީގެ ވޯޓް ފޮއްޓަށް ވޯޓުލުމުގެ ހައްގުލިބިފައިވާ މީހަކަށް ވޯޓް ނުލެވި، އެ ވޯޓް ފޮއްޓަށް ވޯޓްލުމުގެ ހައްގު ލިބިފައިނުވާ މީހަކަށް ވޯޓްލެވިފައިވާތީ، އެއީ އިހުމާލެއް ކަމަށް ފެންނާތީ އާއި އެންމެ ވޯޓަކުން ވެސް އެ ވޯޓް ފޮށީގެ ނަތީޖާއަށް އަސަރުކުރާނެ ކަމަށް ފެންނާތީ އެވެ.

 

 މިދެ ކައުންސިލްގެ އިންތިހާބު ބާއްވާފައިވަނީ ހޮނިހިރު ދުވަހު ހެނދުނު 08:00 އިން 04:00 އަށެވެ.

 

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި މާބޮޑު މައްސަލަތަކެއް ފެންމަތިވެފަ އެއް ނެތެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް