Advertisement
ކ. މާލެ
|
21 މެއި 2017 | އާދީއްތަ 00:21
ލޯކަލް ކައުންސިލް  އިންތިހާބުގެ ވޯޓުލުން
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން
މުހައްމަދު ޝަރުހާން
ކައުންސިލް އިންތިހާބު
ކޮމަންޑޫ ދެވަނަ ބުރު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓު އާރިފު!
ށ. ކޮމަންޑޫ އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓެއް
މިކަމުގެ ސަބަބުން އެމްޑީޕީއަށް ކެންޑިޑޭޓެއް ވަނީ އިތުުރުވެފައި
ދެ ކައުންސިލެއްގެ އިންތިހާބު ބޭއްވިއިރު، އެއްވެސް މައްސަލައެއް ޖެހިފައެއް ނުވޭ

ށ. ކޮމަންޑޫ  ކައުންސިލް އިންތިހާބުގެ ދެވަނަ ބުރު މުހައްމަދު އާރިފް އަހްމަދު ކާމިޔާބުކޮށްފި އެވެ.

 

ށ. ކޮމަންޑޫގެ ނަތީޖާއަށް ބަލާ އިރު އާރިފް އިންތިހާބަށް ލިބުނީ، 384 ވޯޓެވެ. އަދި އަހްމަދު ރިއްފަތަށް ލިބުނީ 340 ވޯޓެވެ. އެހެން ކަމުން އާރިފު ކާމިޔާބު ކުރީ 44 ވޯޓުގެ ތަފާތަކުންނެވެ. މި ދެ ކެންޑިޑޭޓުންނަކީވެސް އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

 

މީގެ އިތުރުން ހޮނިހިރު ދުވަހު ވަނީ ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުވެސް ބާއްވާފަ އެވެ.

 

އިންތިހާބު ކުރިއަށްދިޔަ ގޮތައް ބަލާ އިރު އިންތިހާބުގައި ވޯޓުލުން ގަޑިއަށް ފަށާފައިވެ އެވެ. މި އިންތިހާބާއި ގުޅިގެން މާލޭގައި ބެހެއްޓިފައިވާ ވޯޓު ފޮށި ބަންދުކޮށްފައިވަނީ 04:15 ގަ އެވެ. އެއީ 04:00 ވީއިރު ކިއުގައި 30 ވަރަކަށް މީހުން ތިބުމުގެ ސަބަބުންނެވެ.

 

ކޮމަންޑޫ ކައުންސިލްގެ ދެ ވަނަ ބުރެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ތިން ވަނަ އަށް އެންމެ ގިނަ ވޯޓް ލިބުނު ދެ ކެންޑިޑޭޓުނަށް ލިބުނު ވޯޓް އެއްވަރު ވުމާ ގުޅިގެންނެވެ.

 

މަޑިފުށި ކައުންސިލްގެ ދެ ވަނަ ބުރެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ތ. މަޑިފުށީގެ ވޯޓް ފޮއްޓަށް ވޯޓުލުމުގެ ހައްގުލިބިފައިވާ މީހަކަށް ވޯޓް ނުލެވި، އެ ވޯޓް ފޮއްޓަށް ވޯޓްލުމުގެ ހައްގު ލިބިފައިނުވާ މީހަކަށް ވޯޓްލެވިފައިވާތީ، އެއީ އިހުމާލެއް ކަމަށް ފެންނާތީ އާއި އެންމެ ވޯޓަކުން ވެސް އެ ވޯޓް ފޮށީގެ ނަތީޖާއަށް އަސަރުކުރާނެ ކަމަށް ފެންނާތީ އެވެ.

 

ކޮމަންޑޫ ކައުންސިލަށް ތިން ކައުންސިލަރުން އިންތިހާބު ކުރާއިރު، އިންތިހާބުގައި ވާދަ ކުރި ހަ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބުނީ ޕީޕީއެމުން ވާދަކުރި މުހައްމަދު ޝުޖުއާން އަށެވެ. މުހައްމަދު ޝުޖުއާން އަށް 568 ވޯޓް ލިބުނު އިރު ދެވަނަ އަށް އެންމެ ގިނަ ވޯޓް ލިބުނު އެމްޑިޕީގެ ކެނޑިޑޭޓް މުހައްމަދު މުފީދަށް ލިބުނީ 556 ވޯޓެވެ. ދާއިމީ ނަތީޖާ ދައްކާ ގޮތުން މުހައްމަދު ޝުޖުއާން އާއި މުހައްމަދު މުފީދަށް ގޮނޑި ވަނީ ކަށަވަރުވެފަ އެވެ. 

 

އިލެކްޝަންސް ކޮމިޝަނުން ބުނީ މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި 116 މައްސަލައެއް އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅުނު ކަމަށެވެ. އަދި އެހުރިހާ މައްސަލަތަކެއް ބަލައި ނިންމައި ޖަވާބު ދޭންޖެހޭ ފަރާތްތަކަށް ޖަވާބުދީ ނިމިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
21 މެއި 2017 | އާދީއްތަ 06:15
adam
Mee alhe khabarehtha، zinmadhaaruvaan vehjjenu.. Koba aneh rashuge natheeja،،. Dhn thi vote laafa othy reygandu tha.. Meehunnah vaanuva engey gothah mauloomaathu furihamakoh khabaru fathurabala