Advertisement
ކ. މާލެ
|
20 މެއި 2017 | ހޮނިހިރު 22:46
ގާނޫނީ ވަކީލް ޝާހު
ގާނޫނީ ވަކީލް ޝާހު
ފޭސްބުކް
ޔާމީންގެ މަރު
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އެޅި ކަމަށް ތުހުމަތު ކުރާ ގާނޫނީ ވަކީލް އަލީ ޝާހު ޝަރުތުތަކަކާއެކު ދޫކޮށްލައިފި
ޝާހަކީ ޔާމީންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން ވަކީލް
ތަހްގީގަށް ހުރަސް އެޅަން މަސައްކަތްކުރި ގޮތެއް ފުލުހުން ހާމައެއް ނުކުރޭ
ކޮށްފައިވާ ޝަރުތުތަކުގެ ތަފްސީލެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވޭ

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހްގީގަށް ހުރަސްއެޅުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ގާނޫނީ ވަކީލް ޝަރުތުތަކަކާއެކު ހޮނިހިރު ދުވަހު ދޫކޮށްލައިފިއެވެ.

 

ޔަމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އެޅުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ގާނޫނީ ވަކީލު އަލީ ޝާހު (ބީޗް ހައުސް، ގއ. ވިލިނގިލި) އެވެ.

 

ގާނޫނީ ވަކީލް އަލީ ޝާޙް ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާއިރު އެ ޝަރުތުތަކަކީ ކޮބައިކަން އަދި ވަނީ ސާފްވާ ގޮތް ނުވެފައެވެ.

 

ޝާހު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައިއެވެ. ނަމަވެސް އެ ތަހުގީގަށް ހުރަސްއެޅުމުގެގޮތުން ޝާހު ކުރީ ކޮން ކަމެއް ކަމެއް ފުލުހުން ނުބުނެއެވެ.

 

އޭނާ ހައްޔަރުކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ފަސް ދުވަހަށް އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.

 

ޔާމީންގެ މަރުގެ މައްސަލައިގައި މީގެ ކުރިން ހަތް މީހަކު ހައްޔަރުކޮށްފައި ވެ އެވެ. ނަމަވެސް، އެ ހަތް މީހުންގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ، ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ކަމަށެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މުހައްމަދު ދިފްރާނެވެ. އޭނާ ހައްޔަރުކުރުމަށް ފަހު، މާލޭގައި އޭނާ ދިރިއުޅެމުންދިޔަ މ. އަފްސާނާގެ ބަލައިފާސްކުރި އެވެ

 

ރާއްޖެއެމްވީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ހައްޔަރުކޮށްފައިވާ އަލީ ޝާހުއަކީ ޔާމީންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ގާނޫނީ ވަކީލެވެ. ޝާހުއަކީ ޖިނާއީ، ބޮޑެތި ގިނަ މައްސަލަތަކުގައި ގާނޫނީ ވަކީލުކަން ކޮށްފައިވާ މަޝްހޫރު ވަކީލެކެވެ.

 

އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ ޔާމީނަށް ވަޅިން ހަމަލާދީ މަރާލީ، އޮފީހުގައި އުޅުމަށް ފަހު، މެންދަމު އޭނާ އެނބުރި ގެއަށް ގޮސް ވަން ވަގުތުގަ އެވެ. އޭނާ އަށް ހަމަލާދިނުމުގައި ބައިވެރިވި ދެ މީހުންގެ ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް