Advertisement
ކ. މާލެ
|
20 މެއި 2017 | ހޮނިހިރު 15:09
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަސިންޖަރުން މަޑުކޮށްގެން
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަސިންޖަރުން މަޑުކޮށްގެން
ރާއްޖެއެމްވީ
ވެލާނާ އެއާޕޯޓް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ
ހިދުމަތް މެދު ކެނޑުނީ ކީއްވެގެން ކަމެއްވެސް ސާފު ވެފައެއް ނުވޭ

ވެލާނާ އިންޓަރޝޭނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ އެވެ.

 

މިއަދު ހެނދުނު 9:00 ފެށިގެން މުޅި އެއަރޕޯޓުން އެއްކޮށް ކަރަންޓް ކަނޑައިގެން ދިޔަ ކަމަށާއި އެހެންނަމަވެސް 9:30 ހާއިރު އިންޓަރނޭޝަނަލް ޓާރމިނަލް އަށް ކަރަންޓް އަލުން ދީފައިވާ ކަމަށް އެއަރޕޯޓުން ވާހަކަދެއްކި މީހަކު ބުންޏެވެ.

 

އެހެންނަމަވެސް ޑޮމެސްޓިކް ޓާމިނަލްއަށް 10 ޖެހި އިރު ވެސް ކަރަންޓް ނުލިބޭ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

 

ކަރަންޓްގެ ހިދުމަތް މެދު ކެނޑުމާއި ގުޅިގެން ފްލައިޓްތަކުގެ ޝެޑިއުލްއަށް ވެސް ބުރޫ އަރާފައިވާ ކަމަށާއި ގިނަ އަދަދެއްގެ ފަސިންޖަރުން އެއަރޕޯޓުގައި މަޑު ކުރަން ޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

މިކަމާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މެނޭޖްމަންޓުގެ ފަރާތުން އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ. އަދި ކަރަންޓްގެ ހިދުމަތް މެދު ކެނޑުނީ ކީއްވެގެން ކަމެއް ވެސް ސާފު ވެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް