Advertisement
ކ. މާލެ
|
20 މެއި 2017 | ހޮނިހިރު 08:40
ބޯޓުން މުދާ ބާލަަނީ
ބޯޓުން މުދާ ބާލަަނީ
އެމްއެންޑީއެފް
ބޯޓެއް ނެރުމައްޗަށް އެރުން
ލ.ފޮނަދޫ ނެރުމައްޗަށް މުދާ އުފުލާ ބޯޓެއް އަރައިފި
ނެރުމައްޗަށް ބޯޓްއެރިއިރު ތިން ދިވެހިންނާއި ފަސް ބިދޭސީން ތިބި
ބޯޓްގައި ތިބި މީހުންނާއި މުދާތައް ވަނީ ފޮނަދޫއަށް ބާލާފައި
ބޯޓް ފުންކުރުމުގެ މަސައްކަތް ބޯޓުގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުން

މާލެއިން މުދާ ބަރުކޮށްގެން ލ.ފޮނަދޫއަށް ދިޔަ ބޯޓެއް އެރަށު ނެރުމައްޗަށް އެރުމާ ގުޅިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަމާއެކު އޭގައި ތިބި މީހުންނާއި މުދާ ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ހުކުރު ދުވަހުގެ ރޭ 20:30 ހާއިރު، މި ހާދިސާ ހިނގިއިރު، "މަތަންޖީ" ނަމަކަށް ކިޔާ މި ބޯޓުގައި ތިން ދިވެހިންނާއި ފަސް ބިދޭސީން ތިބި ކަމަށެވެ. އަދި ގިނަ އަދަދެއްގެ މުދާ އެ ބޯޓުގައި ބަރުކޮށްފައި ހުރިކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު، ހުކުރު ދުވަހުގެ ރޭ 20:45 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބުމާއެކު، ސިފައިން ހަރަކާތްތެރިވެ އެ ބޯޓުގައި ތިބި މީހުންނާއި މުދާތައް ލ.ފޮނަދޫއަށް ބާލައިފައިވާ ކަމަށެވެ. އަދި، މިހާރު ބޯޓުގެ ވެރި ފަރާތާ ގުޅިގެން އެ ބޯޓު ފުންކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
20 މެއި 2017 | ހޮނިހިރު 15:17
Hasan
Mathanjee eh noon kiyanee. Mathangee kiyanee