Advertisement
ކ. މާލެ
|
19 މެއި 2017 | ހުކުރު 18:41
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
މުހައްމަދު ޝަރުހާން
ފެނަކަ ކޯޕަރޭޝަން
ފެނަކައިގެ މުވައްޒަފަކު ޗުއްޓީއާއެކު ވަޒީފާއިން ވަކިކޮށްފި
މިއީ ހއ. ތުރާކުނު ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒިފެއް

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފަކު އަހަރީ ޗުއްޓީ ނެގި ދުވަހު ވަޒީފާއިން ވަކިކޮށްފި އެވެ.

 

ރާއްޖެއެމްވީއަށް ކޮޕީއެއްވެސް ލިބިފައިވާ މިޗިޓުގައި ހއ. ތުރާކުނު ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އަހަރީ ޗުއްޓީ ހަމަވުމަށްފަހު ވަޒީފާއަށް އެނބުރި ނިކުންނަން އޮތް ދުވަހުގައެވެ.

 

އެގޮތުން މާރޗް 30، 2017 ގައި މުވައްޒަފަށް ޗުއްޓީގެ ހުއްދަ ދިން ކަމަށް ފޮނުވި ޗިޓުގައި 02 އޭޕްރިލް 2017 އިން މެއި 14، 2017 ގެ 30 ދުވަހުގެ ޗުއްޓީއަށް އެދިފައިވާއިރު ވަޒީފާއަށް އެނބުރި ނިކުންނަން ޖެހޭ ކަމަށް ބުނެފައިވަނީ 15 މެއި 2017 ގައެވެ.

 

އެމުވައްޒަފަކީ ފެނަކައިގެ ހއ. ތުރާކުނު ބްރާންޗުގައި އޮގަސްޓް 16، 2012 އިން ފެށިގެން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ.

 

ވަޒީފާއަށް އެނބުރި ނިކުންނަން ޖެހޭ ކަމަށް ބުނެފައިވަނީ 15 މެއި 2017 ގައި ކަމަށްވާއިރު، ވަޒީފާއިން ވަކި ކުރި ކަން އަންގާ މުވައްޒަފަށް ފޮނުވި ލިޔުމުގައި ވަޒީފާއިން ވަކި ކުރި ސަބަބު ކަމަށް ބުނެފައިވަނީ މަޤްބޫލު އުޒުރެއް ނެތި ސަބަބު ބަޔާން ނުކޮށް ވަޒީފާއަށް ހާޞިރުނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ކަމަށެވެ.

 

ވަޒީފައިން ވަކިކޮށްފައިވަނީ ގދ. ތިނަދޫގެ ރައްޔިތެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް