Advertisement
ކ. މާލެ
|
19 މެއި 2017 | ހުކުރު 18:38
ދުއާ
ދުއާ
ރާއްޖެއެމްވީ
ދުއާ ކުރުން
ހުކުރު ނަމާދަށްފަހު މިއަދުވެސް ދުއާ ކޮށްފި
މިއަދުގެ ދުއާގައި ގިނަ ބަޔަކު ބައިވެރިވި
އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ދުއާކުރަން ފެށީ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުމުން
ދުވާގައި ބައިވެރިވާ މީހުން މިހާރު ވަނީ ގިނަފައި

ރައީސް އަބްދުﷲ ޔާމީންގެ  ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުމަށާއި، ސިޔާސީ ކުށްވެރިން މިނިވަންކޮށްދެއްވުމަށް އެދި ގިނަ އަދަދެއްގެ ބަޔަކު މިއަދު ވެސް އިސްލާމީ މަރުކަޒުގައި ދުއާކޮށްފި އެވެ.

ހުކުރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ދުއާކުރަން ފެށީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކޮށްފައި ބެހެއްޓި މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 2015 ވަނަ އަހަރު ހައްޔަރުކުރުމާ ގުޅިގެންނެވެ. އެއަށް ފަހު ކޮންމެ ހުކުރު ދުވަހެއްގައި ވެސް  ދުއާ ކުރަމުން ގެންދެ އެވެ.

ނަމަވެސް، ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމް ހައްޔަރުކުރުމާ ގުޅިގެން، މި ދުއާގައި ބައިވެރިވާ މީހުން އަނެއްކާ ވެސް އިތުރުވެގެން ދިޔަ އެވެ.

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު ސީޔާސީ އެހެން ގިނަ ފަރާތްތަކެއް ވެސް މި ވަގުތު ތިބީ ޖަލުގައެވެ. އަދި އެންމެ ފަހުން ސަރުކާރާ ދެކޮޅަށް އަޑުއުފުލި ގާސިމް އާއި ކިނބިދޫ ދާއރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް