ކ. މާލެ
|
21 އޯގަސްޓް 2021 | ހޮނިހިރު 16:13
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގެ
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގެ
ރާއްޖެއެމްވީ
މުލިއާގެ ކައިރިން ދިން ބޮމުގެ އިންޒާރު
މުލިއާގެ ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދިން މީހާ ދޫކޮށްލައިފި
 
ކޯޓުން އޭނާ ދޫކޮށްލީ، ދަޢުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމުމުން
 
ހައްޔަރުކުރި ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ ދެ މީހުން

މުލިއާގެ ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދިން މީހާ ބަންދުން ދޫކޮށްލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީގެކޮޅު، މުލިއާގެ ކައިރިއަށްގޮސް، އެތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދިން ދެ މީހުން ހައްޔަރު ކޮށްފައިވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.

މުލީއާގެ ކައިރިއަށްގޮސް މި ދެ މީހުން ވަނީ އެ މީހުން އެ ވަގުތު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނެ އިންޒާރުދީފައެވެ. އަދި އެ ތަން ގޮއްވާލާނެކަމަށް ބުނުމާއެކު ސަލާމަތީ ބާރުތަކުންވަނީ އެ މީހުން ހައްޔަރުކޮށްފައެވެ. އެންމެ ފުރަތަމަ މި ދެ މީހުން ހިފެހެއްޓީ މުލިއާގޭގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ސިފައިންނެވެ. ފުލުހުންގެ ޚާއްސަ ޓީމަކުންވަނީ އެ ސަރަހައްދަށްގޮސް، އެމީހުން ގެންގުޅުނު ފޮށިގަނޑާއި އެމީހުން ވެސް ބަލައި ފާސްކޮށް ދެ މީހުން ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި 2 މީހުންގެ ތެރެއިން ފުރަތަމަ މީހާ 9 ޖުލައި ވީ ހުކުރު ދުވަހުގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ. ފޮށިގަނޑުގައި ބޮމެއް އޮތްކަމަށް ބުނި މީހާ ފުލުހުން ދޫކޮށްލާފައިވަނީ މިމަހުގެ 18 ވީ ބުދަ ދުވަހުއެވެ. އެއީ އެމީހާގެ ބަންދުގެ މުއްދަތު ތިން ފަހަރެއްގެ މަތިން އިތުރުކުރުމަށްފަހުއެވެ.

ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު ހަމަވުމާ އެކު ކޯޓުން އޭނާ ދޫކޮށްލާފައިވަނީ, އެމީހުންގެ މައްޗަށް ދަޢުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމުމުން ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.

މިމީހާ ބަންދުން ދޫކޮށްލާފައިވާއިރު، މުލިއާގޭގެ ގޭޓް ގޮއްވާލާނެކަމުގެ އިންޒާރު މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ދީފައިވާ ކަމަށް ރާއްޖެއެމްވީއަށް އިތުބާރު ހުރި ފަރާތަކުން ކަށަވަރުކޮށްދީފައިވެއެވެ. އަދި އެމައުލޫމާތު ލިބުމާއެކު މުލިއާގޭގެ ސެކިއުރިޓީ ވަރުގަދަ ކޮށް އެސަރަހައްދު މޮނިޓަރ ކުރުމުގައި އަބަދުވެސް ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި