Advertisement
ތ. ތިމަރަފުށި
|
18 އޯގަސްޓް 2021 | ބުދަ 00:13
ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް ތިމަރަފުށީގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރެއްވުން
ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް ތިމަރަފުށީގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސް ތިމަރަފުއްޓަށް ކުރައްވާ ދަތުރުފުޅު
މި ސަރުކާރުން އެމްޑީޕީއަކަށްވެސް އަދި މެންބަރަކަށް ވެސް ދެރަގޮތެއް ނުހަދާނަން - ރައީސް
މި ސަރުކާރަކީ އެމްޑީޕީގެ ވަރަށް ބޮޑު އަޣުލަބިއްޔަތެއް އޮތް ސަރުކާރެއް
މަސައްކަތް ކުރުމުގައި، ޕާޓީގެ ތެރެއިންނާއި ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންގެ ފަރާތުން އެރަށެއްގައި މަސައްކަތް ކުރުމުގައި ލަފާ ހޯއްދަވާނެ
އެދިވަޑައިގަތުމަކީ ހުރިހާ އެންމެންވެސް ޕާޓީއާއެކު ތިބުން

މި ސަރުކާރުން, އެމްޑީޕީއަކަށްވެސް އަދި ޕާޓީގެ މެންބަރަކަށް ވެސް ދެރަގޮތެއްވިޔަ ނުދެއްވާނެކަމަށް އެމްޑީޕީގެ އެންމެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ކޮޅުމަޑުލުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ތިމަރަފުށީގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ, މި ސަރުކާރު ކުރިއަށްދާނީ އެންމެން ޝާމިލްކޮށްގެން ކަމަށާއި، މި ސަރުކާރަކީ އެމްޑީޕީގެ ވަރަށް ބޮޑު އަޣުލަބިއްޔަތެއް އޮތް ސަރުކާރެއް ކަމަށެވެ. އަދި މި ސަރުކާރުގައި އެމްޑީޕީން ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށާއި، ޔަގީންކަން އަރުއްވަނީ މި ސަރުކާރުން އެމްޑީޕީއަށްވެސް އަދި އެމްޑީޕީގެ މެންބަރަކަށް ދެރަގޮތެއް ނުހައްދަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ, މަސައްކަތް ކުރުމުގައި ޕާޓީގެ ތެރެއިންނާއި ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންގެ ފަރާތުން އެރަށެއްގައި މަސައްކަތް ކުރުމުގައި ލަފާ ހޯއްދަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ހުރިހާ ބޭފުޅުން ޕާޓީއާއެކު ތިއްބެވުން ކަމުގައެވެ.

Advertisement

އަދި ސިޔާސީ މަސްރަޙު އެކި ގޮތްގޮތަށް އެކި ވަގުތު ބަދަލުވެގެންދާނެ ކަމަށެވެ. އަދި އިންތިޚާބުތައް ކައިރިވަމުން އަންނައިރު ތަފާތު ކުލަތައް އޭގައި ޖެހޭނެ ކަމަށާއި، ތަފާތު ވާހަކަ ދެކެވިގެން އަންނާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ މީގެ 15 އަހަރު ކުރިން ވުޖޫދަށް އައި ޕާޓީއެއްކަމަށާއި އެއް ވިސްނުމެއްގައި ދެމިގެން އަންނަ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީއަކީ އަޒުމް ވަރުގަދަ, ދާން ބޭނުންވާ މަޤްޞަދު އެނގޭ, އަދި އެކަން ހާސިލް ކުރުމުގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

އަދި އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ކުރިއެކޭ އެއްގޮތަށް ޕާޓީއަށް އޮތް ތާއީދު ދެމެހެއްޓުމާއި, ޕާޓީ ދެމެހެއްޓުމަށްޓަކައި ކުރެވެން ހުރި ކަންކަން ގެނެސްދެއްވުން ކަމަށެވެ. އަދި ސަރުކާރުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ދާއިރާއަށް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް