Advertisement
ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 19:06
ނޭޝަނަލް ސޯޝަލް ޕްރޮޓެކްސަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ މުޖުތަބާ ޖަލީލް
ނޭޝަނަލް ސޯޝަލް ޕްރޮޓެކްސަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ މުޖުތަބާ ޖަލީލް
ޓްވިޓަރ
އެންސްޕާ
އެންސްޕާގެ ސީއީއޯ އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްފި
މުޖުތަބާ މަޤާމުން ވަކިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި
އެންސްޕާގެ ސީއީއޯ ކަމުން މުޖުތަބާ ވަކިކޮށްފައިވާ އިރު ދާދި ފަހުން ސިއްހީ ހިދުމަތްދޭ އަމިއްލަ ފަރާތްތަކަށް އާސަންދަގެ ހިދުމަތް ކަނޑާލަން ނިންމި
އޭނާ މަޤާމުން ވަކިކުރި މައްސަލާގައި، އެންސްޕާއިންވެސް އަދި ރައީސް އޮފީހުންވެސް އެއްޗެއް ހާމަކޮށްފައެއް ނުވޭ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްސަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ މުޖުތަބާ ޖަލީލް މަޤަމުން ވަކިކޮށް، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށް އައްޔަނުކުރައްވައިފި އެވެ.

 

ރާއްޖެޓީވީއަށް އެނގިފައިވާގޮތުގައި އެންސްޕާގެ ސޯއީއޯ މުޖުތަބާ މަޤާމުން ވަކިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެންސްޕާގެ ސީއޯކަމުން މުޖުތަބާ ވަކުރިތާ ކުޑަ ވަގުތުކޮޅެއްފަހުން، އޭނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށް އައްޔަނުކުރައްވާފަ އެވެ، ނަމަވެސް ކުއްލި ގޮތަކަށް މި ބަދަލުގެނައީ ކީއްވެކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.  

 

އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް މަޤާމުން ވަކިކޮށް، އޭނާ އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކުރިއިރު، ސިއްހީ ހިދުމަތްދޭ އަމިއްލަ މަރުކަޒުތަކުން އާސަންދަގެ ހިދުމަތް ނުދިނުމަށް، އެންސްޕާއިން ވަނީ މި މަހުގެ 6 ވަނަ ދުވަހު ނިންމާފަ އެވެ. އެ ނިންމުމާއެކު ސަރުކާރުން ހާމަކޮށްފައިވަނީ އެންސްޕާއިން އެ ނިންމުން ނިންމާފައިވަނީ ރައީސް އޮފީހާ އެއްވެސް މިންވަރަކަށް މަޝްވަރާކުރުމެއް ނެތި ކަމަށެވެ. އަދި ރައީސް އޮފީހުން ވަނީ ކުރިއެކޭ އެއްގޮތަށް އާސަންދަގެ ހިދުމަތް ދިނުމަށް އެންސްޕާއަށް އަންގާފަ އެވެ.

 

މުޖުތަބާ ޖަލީލަކީ، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އަދި ފާތިމަތު އިބްރާހިމް އިސްނަންގަވައިގެން ކުރިއަށްގެންދާ އިޖުތިމާއީ ހަރަކާތްތައްވެސް ރާވާ އިންތިޒާމްކުރުމުގައި މުޖުތަބާ އިސްދައުރެއް އަދާކުރައްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް