ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 15:03
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް އަނަސް ޢަބްދުއްސައްތާރު ޢައްޔަން ކުރައްވައި ފަތްކޮޅު ހަވާލުކުރެއްވުން
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް އަނަސް ޢަބްދުއްސައްތާރު ޢައްޔަން ކުރައްވައި ފަތްކޮޅު ހަވާލުކުރެއްވުން
ރައީސް އޮފީސް
އަނަސް ފިނޭންސްގެ ސްޓޭޓަކަށް
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަނަސް
 
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަނަސް އައްޔަން ކުރެއްވީ އަންގާރަ ދުވަހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް މ. ބަޑިކުޅިމާގެ، އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު ޢައްޔަން ކުރައްވައިފިއެވެ.

އަންގާރަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަނަސް ޢަބްދުއްސައްތާރަށް ސްޓޭޓް މިނިސްޓަރކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.

އަނަސް ޢަބްދުއްސައްތާރަކީ، ޕާކިސްތާނުގެ އިންޓްނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން ބެޗަލަރ އޮފް ލޯސް އެލްއެލްބީ (އޮނާރސް) ޝަރީއަރ އެންޑް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން އަނަސް ޢަބްދުއްސައްތާރު އަދާކުރައްވާފައިވަނީ ވަކާލާތު ޗެންބާރސްގެ މެނޭޖިންގ ޕާރޓްނަރގެ މަޤާމެވެ. އަދި، 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ސެކްރެޓެރީ-ޖެނެރަލްގެ މަޤާމު ފުރުއްވާފައިވެއެވެ.

މީގެ އިތުރުން، އަނަސް ޢަބްދުއްސައްތާރަކީ ސަރުކާރުގެ އެތައް ކުންފުންޏެއްގެ ވަކީލުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ)، ބްރޯޑްކާސްޓިންގް ކޮމިޝަން އަދި އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓު ހިމެނެއެވެ. އަދި، މާލެ ސިޓީ ކައުންސިލްގެ ވަކީލުކަން ވެސް ކުރައްވާފައިވެއެވެ. އޭގެއިތުރުން 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެއްގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް