ކ. މާލެ
|
10 އޯގަސްޓް 2021 | އަންގާރަ 10:08
ދިރާސީ އައު އަހަރު ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ
ދިރާސީ އައު އަހަރު ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ
އެޑިއުކޭޝަން މިނިސްޓްރީ
ދިރާސީ އައު އަހަރު ފެށުން
"މިއަދު އިންދި އޮށަކުން މެނުވީ މާދަން ގޮވާން ނުކެނޑޭނެ"
 
ޤައުމު ބިނާ ކުރުމުގައި މުދައްރިސުންގެ އަގުހުރި ރޯލު ފާހަގަ ކުރެއްވި
 
ދިރާސީ އައު އަހަރުގެ ތަހުނިޔާ އަރިސް ކުރެއްވި
 
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކެއްވެސް ވަނީ އުވާލެވިފައި

"މިއަދު އިންދި އޮށަކުން މެނުވީ މާދަން ގޮވާން ނުކެނޑޭނެ" ކަމަށާއި، ދިރާސީ އައު އަހަރެއް ފެށިގެންދާއިރު، އިތުރު ހިތްވަރަކާއެކު ފަށައިގަތުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ އެދިވަޑައިގެންފިއެވެ.

ރެހެންދި ސުކޫލުގައި ދިރާސީ އައު އަހަރު ފާހަގަކުރުމަށް ބޭއްވި ޚާއްސަ އެސެމްބްލީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ދިރާސީ އައު އަހަރުގެ ތަހުނިޔާ އަރިސް ކުރައްވައި، މިއީ އައު ފެށުމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، އައު ދިރާސީ އަހަރު ފެށިގެންދާއިރު، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް ވެސް އުވާލެވިފައިވާ ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި ދަސްވި އެންމެ މުހިއްމު އެއް ކަމަކީ ދަރިވަރުންނާއި ޓީޗަރުން ބައްދަލުވެ، ކިޔަވައިދިނުމުން ހުނަރުތައް މާބޮޑަށް ދަސްވެގެންދާކަން ކަމަށެވެ. މިނިސްޓަރު ވަނީ ގޮންޖެހުންތަކާއެކު ވެސް ކުރިއަށް ދިއުމަށް ދަރިވަރުންނަށް އިލްތިމާސް ކުރައްވާފަައެވެ.

އޭގެ އިތުރުން، ޤައުމު ބިނާ ކުރުމުގައި މުދައްރިސުންގެ އަގުހުރި ރޯލު ފާހަގަކުރައްވައި މިނިސްޓަރު ވަނީ މިހާރަަށްވުރެ ވެސް ރަނގަޅަށް ކަންކަން އިންތިޒާމުކުރައްވައި އިތުރު ކާމިޔާބީތަކެއް ހޯދުމަށް މަސައްކަތްކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން "މިއަދު އިންދި އޮށަކުން މެނުވީ މާދަން ގޮވާން ނުކެނޑޭނެ" ކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް އިތުރު ހިތްވަރަކާއެކު ދިރާސީ އައު އަހަރު ފެށުމަށް އެދިވަޑައިގެންފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުގެ ކިޔެވުން ފެށުމުގެ ކުރިން ސްކޫލްތަކުން އަމަލުކުރަންވީ ގޮތުގެ އުސޫލެއް ވެސް އެކުލަވާލާފައެވެ. މީގެ ތެރޭގައި ކްލާސްރޫމްތަކުގެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ ގޮތާއި، ސްކޫލް ތެރޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭނެ ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް