ކ. މާލެ
|
7 އޯގަސްޓް 2021 | ހޮނިހިރު 18:47
ލޯކަލް ކައުންސިލް އިންތިޚާބު 2020
ލޯކަލް ކައުންސިލް އިންތިޚާބު 2020
ރާއްޖެއެމްވީ
ޑަބްލިއުޑީސީ އިލެކްޝަން
ޑަބްލިއުޑީސީ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާނުކުރުން މިރޭ އޮންނާނެ
މި އިންތިޚާބު ރާއްޖޭގެ 5 ރަށެއްގައި ބޭއްވި
ވޯޓު ގުނުމުގެ މަސައްކަތް ވަނީ ނިމިފައި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ނަތީޖާ މިރޭގެ ވަގުތެއްގައި އިއުލާނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުން މާލެ، ހދ. ނޮޅިވަރަމް، ނ. ކެނދިކުޅުދޫ، ނ. މަގޫދޫ، އއ. ފެރިދޫ އަދި ކ. ދިއްފުށީގައި މިއަދު ހެނދުނު 08:00 އިން ފެށިގެން މެންދުރު 15:00 ގެ ނިޔަލަށް ކުރިއަށް ގޮސްފައިވެއެވެ. ކަރަންޓީނުގައި ތިބި މީހުންގެ ވޯޓުލުން ކުރިއަށްގޮސްފައިވަނީ 14:00 އިން 15:00 އަށެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންނަމަވެސް އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރެވޭނެކަމަށް ލަފާކުރެވެނީ މިރޭ 20:30 އެހާއިރު ކަމަށެވެ.

ޒަކަރިއްޔާ ވިދާޅުވީ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 4،937 މީހަކަށް ލިބިގެންވާ ކަމަށެވެ. އެހެންނަމަވެސް މުޅި ޖުމްލަ ވޯޓު ލާފައިވަނީ 1،070 މީހަކު ކަމަށެވެ. ވަކިން ޚާއްސަކޮށް މާލެއިން މިކަމަށް ލިބުނު ތަރުހީބު ކުޑަކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

- ކޮމެންޓް