ކ. މާލެ
|
6 އޯގަސްޓް 2021 | ހުކުރު 18:39
މާލެ ސިޓީ ކައުންސިލުން ގަލޮޅު އަވަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން
މާލެ ސިޓީ ކައުންސިލުން ގަލޮޅު އަވަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން
މާލެ ސިޓީ ކައުންސިލް
މާލެ ސިޓީގެ ތަރައްގީ
މާލޭގެ ކޮންމެ ބްލޮކަކަށް ވެރިޔަކު ހަމަޖައްސަނީ
 
ދެން އެންމެ އަވަހަށް އޮންނާނީ ވިލިމާލޭގެ ބައްދަލުވުން
 
ކޮންމެ އަވަށަކަށް ބޯޑެއް އިންތިޚާބު ކުރުމަށްވެސް ނިންމާފައިވޭ
 
ބްލޮކުގެ ވެރިއަކަށް ހުންނާނެ މީހަކު އިންތިޚާބު ކުރާނީ އެ ބްލޮކަކުން

މާލޭ ސީޓީގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭނާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމަށްޓަކައި ރައްޔިތުންގެ ބައްދަލުވުންތައް ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުން މި ބައްދަލުވުންތައް ބާއްވަނީ މާލޭގެ އަވަށްތައް ވަކިވަކިންނެވެ. ފުރަތަމަ ބައްދަލުވުން އޮތީ، ގަލޮޅު އަވަށުގައި އޮގަސްޓް 5 ވަނަ ދުވަހުގެރެއެވެ.

މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ވަނީ މި ބައްދަލުވުމުގައި ކައުންސިލްގެ ޕްލޭނާއި އަދި 2022 ވަނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވާފައެވެ. އަދި ހިނގަމުންދާ އަހަރުގައި ބަޖެޓުން ކުރެވިފައިވާ މުހިއްމު ކަންކަން ވެސް ހުށަހެޅުއްވިއެވެ. މީގެ އިތުރުން މިހާރު ހިނގަމުންދާ ބައެއް މަޝްރޫއު ތައްވެސް މޭޔަރުވަނީ ތަފްސީލްކޮށްދެއްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު ޑރ.މުއިއްޒު ވިދާޅުވީ، މާލޭގެ ހުރިހާ ރައްޔިތުން ރަމްޒުވާނެ ގޮތަށް ކޮންމެ ބްލޮކަކަށް ވެރިއަކު އިންތިޚާބުކޮށްގެން ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. މިކަމަށް ޚާއްސަ އުސޫލެއް މިހާރު ކަނޑައަޚުއްވާފާއިވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އެ ބްލޮކެއްގެ ވެރިއަކަށް ހުންނާނެ މީހަކު އިންތިޚާބު ކުރާނީ އެ ބްލޮކަކުން ކަަމަށާއި، އެ މީހަކު ވެގެންދާނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާނެ މީހަކަށް ކަމަށް ވިދާޅުވިއެވެ.

ކޮންމެ އަވަށަކަށް ބޯޑެއް އިންތިޚާބު ކުރުމަށްވެސް ނިންމާފައިވާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، މިކަން ކުރާނީ، ބްލޮކްތަކުގެ ވެރިން އިންތިޚާބު ކުރުމަށްފަހު ކަމަށެވެ.

ބައްދަލުވުންތައް ތާވަލުކުރެވިފައިވާގޮތުން ދެން އެންމެ އަވަހަށް އޮންނާނީ ވިލިމާލޭގެ ބައްދަލުވުމެވެ. މި ބައްދަލުވުން އޮންނާނީ މިމަހުގެ 8 ވަނަ ދުވަހުގެރޭ 8:30 ގައި ވިލިމާލޭ ބަނދަރު ސަރަހައްދުގައެވެ. މައްޗަންގޮޅީގެ ބައްދަލުވުން އޮންނާނީ 10 ވަނަ ދުވަހުގެރޭ 8:30 ގައި މާފަންނު ސްޓޭޑިއަމްގެ ޓާފް ދަނޑުގައެވެ. މާފަންނު ބައްދަލުވުން އޮންނާނީ 12 ވަނަ ދުވަހުގެރޭ 8:30 ގައި ރަސްފަންނު ސަރަހައްދުގައެވެ. ހެންވޭރު ބައްދަލުވުން އޮންނާނީ 14 ވަނަ ދުވަހުގެރޭ 8:30 ގައި ލޮނުޒިޔާރަތް ޕާކްގައެވެ. ހުޅުމާލޭ ބައްދަލުވުން އޮންނާނީ 22 ވަނަ ދުވަހުގެރޭ 8:30 ގައެވެ.

ގަލޮޅުގެ ބައްދަލުވުމުގައި ކައުންސިލަރުންނާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ، ސިޓީ ކައުންސިލްގެ ސެކްޝަންތަކުގެ ވެރިންނާ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ޕްލޭން ހެދުމުގެ ދެ ތަޖުރިބާކާރުން އެ ބޭފުޅުންގެ ފަންނީ ލަފާ، ހިލޭ ސާބަހަށް ސިޓީ ކައުންސިލަށް ދެއްވުމުގެ އިތުރުން ބައްދަލުވުމުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
20%
20%
0%
40%
20%
0%
ކޮމެންޓް
9 އޯގަސްޓް 2021 | ހޯމަ 10:51
ސަބާ
މިކުރިންވެސް ވަރަށް ރަގަޅަށް މައުމޫން ގެ ވެރިކަމުގެ ކުރީ މާލޭގަ ކަންތައް ކުރަމުން އައި ގޮތެއް ވަރަށް ރަގަޅަށް އޭރުކުރަމުން އައިޑީއާއި ކަމެއް ތަރައްގީ ވަމުންދިޔަ ވަރަކަށް މަޑުމަޑުން އުވުނީ
7 އޯގަސްޓް 2021 | ހޮނިހިރު 00:25
އަހްމަދު
ސާބަސް