Advertisement
ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 04:43
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބް ލީޑަރު އަލީ ޒާހިރު ވާހަކަދައްކަވަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބް ލީޑަރު އަލީ ޒާހިރު ވާހަކަދައްކަވަނީ
ޓްވިޓަރ
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ
ރައީސް ޔާމީން ދަނީ ސިޔާސީ ހަރަކާތް ހިނގާނެގޮތް ދަސްކުރައްވަމުން: ޢަލީ ޒާހިރު
ރައްޔިތުން ތިބީ ގުޅިފައިވާ ޕާޓީތަކާއެކު
މަސައްކަތް ދަނީ ވަރަށް ބާރަށް ކުރިއަށް

ސިޔާސީ ހަރަކާތް ހިނގާނެގޮތް އިދިކޮޅު ފަރާތްތަކުގެ ކިބައިން ދަސްކުރައްވަން ރައީސް ޔާމީން މަސައްކަތް ކުރައްވަމުން އެބަ ގެންދަވާކަމަށް ޢަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

 

އެމްޔޫއޯގައިވެސް އިސްކޮށް އުޅުއްވާ ޢަލީ ޒާހިރު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި ބުދަދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

 

ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މިޖަލްސާގައި ވާހަކަ ދައްކަވަމުން ޢަލީ ޒާހިރު ވިދާޅުވީ ސިޔާސީ ބައެއްކަހަލަ ފިލާވަޅުތައް ރައީސް ޔާމީން ނަގަންވަމުން އެބަ ގެންދަވާ ކަމަށާއި  އެކަމަކު ދޫކޮށްލައްވަން ޖެހިވަޑައި ގަންނަވާ ވަރަށް ގިނަ އާދަތައް އެބަހުރިކަމަށެވެ.

 

"ހަމައެކަނި ޖަލްސާ ބޭއްވައިގެން ބަޔަކު ލައްވާ ގަދަކަމުން ވާހަކަ ދެއްކެވިއަކަސް އަދި ރައްޔިތުންގެ ލޯތްބާއި ތާއީދެއް ނުލިބޭނެ. ވަރަށް ގިނަ ކަންކަން އެބަޖެހިވަޑައިގަންނަވާ ދޫކޮށްލައްވަން." ޢަލީ ޒާހިރު ވިދާޅުވިއެވެ.

 

އަލީ ޒާހިރު ވިދާޅުވީ ސިޔާސީ ގޮތުން އުރައްޕަތެއް ހުރި މީހަކު ވިއްޔާ ހުރީ އިދިކޮޅު ފަރާތްތަކާއެކުގައި ކަމަށާއި ސިޔާސީ ގޮތުން ސައިލެންޓްވެފައި ތިބި ބަޔަކު ގެނެސް ޖަލްސާތަކުގައި ވާހަކަ ދެއްކެވިއެއް ކަމަކު އެއަކު އުރައްޕަތެއް ކުރިއެރުމެއް ނެތްކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ މިހާރު ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނެފި ކަމަށާއި ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުން ރައްޔިތުން ތިބީ ގުޅިފައިވާ އިއްތިހާދާ އެކުގައިކަން ހާމަކޮށްދީފި ކަމަށެވެ.  

 

ޢަލީ ޒާހިރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރިއަށް ކަމަށާއި  ފާޑުފާޑުގެ ހުވަފެން ދައްކާކަށް ނެތިންކަމަށެވެ. އަދި އެކަން ދައްކާނީ އަމަލީ ގޮތުން ކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް