Advertisement
ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 04:13
ފާރިސް މައުމޫން އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަނީ
ފާރިސް މައުމޫން އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަނީ
ޓްވިޓަރ
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ
ރައީސް މައުމޫންގެ ދަރިއަކަށް އެމްޑީޕީގެ ޕޯޑިއަމުން ޖާގަ ދެއްވީތީ ޝުކުރު ދަންނަވަން: ފާރިސް
ސިޔާސީ ގޮތުން ތަފާތު ވިއަސް އިންތަކަކާއި ހަމަތަކެއް ހުންނާނެ
މިހާރު މިވަނީ ސިޔާސީ ގޮތުން ތަސައްރަފް ފުދިފައި
ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ މެންބަރުން އެމްޑީޕީއަށް ވޯޓު ދިނީ ޤައުމަށްޓަކައި

ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިއަކަށް އެމްޑީޕީގެ ޕޯޑިއަމަކުން ޖާގަ ދެއްވީތީ އެމްޑީޕީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށް ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން އަންނަ ފާރިސް މައުމޫން މިހެން ވިދާޅުވީ ބުދަ ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ގުޅިފައިވާ ޕާޓީ ތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

 

އެމްޑީޕީ ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ ސިޔާސީ ގޮތުން ކުރަން ޖެހޭ ކަންކަން އެގޮތުގައި ހުންނާނެ ކަމަށާއި އެހެންނަމަވެސް އެކަމުގައި އިންތަކަކާއި މިންތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން ނުކުންނަވައިގެން ކުރައްވާ މަސައްކަތަކީ މާދަމާވެސް ސިޔާސީ ގޮތުން އެހެން ގޮތަކަށް މަސައްކަތް ކުރައްވަން ޖެހުނަސް ޤައުމީ ރޫހުގައި ޤައުމީ ހައްޤުގައި ކުރައްވާ މަސައްކަތް ތަކެއް ކަމަށް ފާރިސް ވިދާޅުވި އެވެ. އަދި މިހާރު މިވަނީ ސިޔާސީ ގޮތުން ތަސައްރަފް ފުދިިފައިކަމަށް ފާރިސް ވިދާޅުވިއެވެ.

 

ފާރިސް ވިދާޅުވީ އެގޮތުން އެމްޑީޕީގެ ޕޯޑިއަމެއްގައި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަލަކަށް އެމްޑީޕީގެ ޕޯޑިއަމަކުން ޖާގަ ދެއްވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

 

ފާރިސް ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމުންވެސް ވަރަށް ރަނގަޅު ކެނޑިޑޭޓުން ޓިކެޓް ލިބޭތޯ ވަރަށް މަސައްކަތް ކުރި ކަމަށާއި އެކަމަކު އެކަން ވެފައި ނުވާ ކަމަށެވެ. އަދި އޭގެ ތެރެއިންވެސް ރަނގަޅު ބައެއް ކެނޑިޑޭޓުން ޕީޕީއެމުން ކުރިމަތިލާފައި ވިއަސް ޤައުމަށްޓަކައި ޕީޕީއެމްގެ ޢާއްމު މެންބަރުން އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވީތީ އެފަރާތްކަށް ޝުކުރު އަދާކުރުމަށް އެދިލައްވާ ކަމަށެވެ.

 

ފާރިސް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުޅުވުމުން އުފާވެރި ޚަބަރުތަކެއް ލިބޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް