ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 12:39
މިއަހަރު ސްކޫލްތައް ހުޅުވުނު އިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތަކަށް ދަރިވަރުން ހާޒިރުވުމުގެ ތެރެއިން
މިއަހަރު ސްކޫލްތައް ހުޅުވުނު އިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތަކަށް ދަރިވަރުން ހާޒިރުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ކޮވިޑް ވެކްސިން ޕްރޮގްރާމް
ތައުލީމީ ދާއިރާގެ ހުރިހާ އެންމެން ވެކްސިން ފުރިހަމަކުރުމުގެ މަސައްކަތް ފަށައިފި
 
މި ކެމްޕެއިންގައި ހޭޝްޓެގަކީ #ދަރިވަރުންނަށްރައްކާތެރިކަން
 
މި ކެމްޕެއިންގައި ބޭނުން ކުރާ މެސެޖަކީ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުން

ކޮވިޑް-19ން ރައްކާތެރިވުމަށް މިހާރު ކުރިއަށް ގެންދާ ގައުމީ ވެކްސިނޭޝަން ކެމްޕެއިންގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ސްކޫލްތައް ބައިވެރިވެ، އެޑިއުކޭޝަން ސެކްޓާގެ ވެކްސިނޭޝަން ކެމްޕެއިނެއް މިއަދު ފަށައިފިއެވެ.

މި ކެމްޕެއިންގައި ބޭނުން ކުރާ މެސެޖަކީ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުން އަދި ހޭޝްޓެގަކީ #ދަރިވަރުންނަށްރައްކާތެރިކަން އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ކެމްޕެއިންގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަމާ ގުޅޭ މަޢުލޫމާތު ޓީޗަރުންނާއި، ތަޢުލީމީ ދާއިރާގެ މުވައްޒަފުން މެދުވެރިކޮށް ދެވޭނެ ކަމަށެވެ. އަދި މި ކެމްޕެއިން ސްކޫލްތަކުގައާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާނެ ކަމަށެވެ.

ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ދަރިވަރުންނާ ގުޅުންހުރި ހުރިހާ ފަރާތްތަކަކީ ވެސް ކޯވިޑުން ރައްކާތެރިވުމަށް، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ހެދުމުގެ ގޮތުން އެޑިއުކޭޝަން ދާއިރާގެ ގިނަ އަދަދެއްގެ މުއައްޒަފުން މިހާރު ވެސް ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

އަދި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސްކޫލްތަކުގައި ވަނީ ހަރުދަނާ ފިޔަވަޅު ތަކެއް އަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް