Advertisement
ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 00:56
ރައީސް ނަޝީދުގެ އުފަންދުވަސް ފާހަގަ ކުރުމަށް ނައިފަރުގައި ބޭއްވި ހަފްލާގެ ތެރެއިން
ރައީސް ނަޝީދުގެ އުފަންދުވަސް ފާހަގަ ކުރުމަށް ނައިފަރުގައި ބޭއްވި ހަފްލާގެ ތެރެއިން
ރާއްޖެއެމްވީ
ނަޝީދުގެ އުފަން ދުވަސް
ރައީސް ނަޝީދުގެ އުފަންދުވަސް ފާހަގަ ކުރުމަށް ނައިފަރުގައި އާއިލީ ހަވީރެއް ބާއްވައިފި
އާއިލީ ހަވީރު އޮތީ ތަރިބުރު ޖަގަހައިގަ
ބޮޑު ކޭކެއް ވަނީ ފަޅާފައި
އެމްޑީޕީގެ އިތުރުން އެހެން ޕާޓީތަކުގެ މީހުންވެސް ބައިވެރިވި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 50 ވަނަ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ފާދިއްޕޮޅު ނައިފަރުގައި ޢާއިލީ ހަވީރެއް ބާއްވައިފިއެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވި އެމްޑީޕީ ނައިފަރު ދާއިރާގެ އޮފިޝަލަކު ވިދާޅުވީ ރައީސް ނަޝީދުގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ބުދަދުވަހު ހަވީރު 5:00 އިން 6:00 އަށް ބޭއްވި އާއިލީ ހަވީރު އޮތީ އެމްޑީޕީ ނައިފަރު ތަރިބުރު ޖަގަހައިގާ ކަމަށެވެ.

 

އޮފިޝަލް ވިދާޅުވީ އާއިލީ ހަވީރުގައި ސައިފޮދެއްގެ އިތުރުން ރައީސް ނަޝީދުގެ 50 ވަނަ އުފަން ދުވަހަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ބޮޑު ކޭކެއް ފެޅުން އޮތްކަމަށެވެ. އަދި އެހަރަކާތް ކުރިއަށް ގެންދިޔައިރު ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ތާއީދުކޮށް ހެދިފައިވާ ލަވަތައް ޖަހަމުން ގެންދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

 

އޭނާ ވިދާޅުވީ އެމްޑީޕީ މެންބަރުންނާއި އެމްޑީޕީއާއި ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ އަދަދެއްގެ އާއިލާތައް އެމީހުންގެ ދަރިންނާއެކު މި ހަފްލާގައި ބައިވެރިވި ކަމަށެވެ.

 

ޅ ނައިފަރަކީ އެމްޑީޕީ އުފެއްދުމުގެ ހަރަކާތްތަކުގައި ރައީސް ނަޝީދު ފުރަތަމަ އެރަށަށް ވަޑައިގެންނެވުމުން އާއްމުންގެ ތެރެއިން ބަޔަކު އެމަނިކުފާނުގެ މޫނުފުޅަށް ޗަކަ ޖަހާފައިވާ ރަށެކެވެ. ނަމަވެސް އެރަށުގައި އެމްޑީޕީއާ ރައީސް ނަޝީދުގެ ތާއީދު އިތުރުވަމުން އައިސް މިހާރު އެރަށަކީ އެމްޑީޕީއާ ރައީސް ނަޝީދަށް ތާއީދު ބޮޑު ރަށެކެވެ. އެގޮތުން ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެރަށުން ވަނީ ރަށުކައުންސިލްގެ 5 ގޮނޑީގެ ތެރެއިން ހަތަރު ގޮނޑިއާއި އަތޮޅު ކައުންސިލްގެ ދެގޮނޑީގެ ތެރެއިން އެއްގޮނޑި އެމްޑީޕީން ނަގާފައެވެ.

 

ރައީސް ނަޝީދުގެ އުފަންދުވަސް ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ބަޔަކު ފާހަގަ ކުރަމުންދާއިރު ރަށްރަށުގައިވެސް ދަނީ ހަފްލާތައް ބާއްވައިގެން އެމަނިކުފާނުގެ އުފަންދުވަސް ފާހަގަ ކުރަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް