ކ. މާލެ
|
3 އޯގަސްޓް 2021 | އަންގާރަ 11:16
ޑރ. މުހައްމަދު މުއިއްޒު - މާލެ ސިޓީ މޭޔަރ
ޑރ. މުހައްމަދު މުއިއްޒު - މާލެ ސިޓީ މޭޔަރ
މާލެ ސިޓީ ކައުންސިލް
ދޮގު ބަޔާންދިން މައްސަލަ
ވަކީލަކު އައްޔަންކުރުމަށް މުއިއްޒަށް 10 ދުވަސް
 
ވަކީލަކާ ނުލާ ކުރިއަށްގެންދަން ދަތި ކަމަށް މުއިއްޒު ވިދާޅުވި
 
ނެދަލޭންޑްސްގައިި ހުންނަ އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި ކުންފުނީގެ ހެއްކެއްގެ ގޮތުގައި ދޮގު ބަޔާން ދީފައިވޭ
 
ނޫމަޑި މައްސަލަ މިހާރު ސަރުކާރުން ވަނީ ކޯޓުން ބޭރުން ހައްލުކޮށްފައި

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތު ދީފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވަނީ، ދޮގު ބަޔާން ދިނުމުގެ ދައުވާއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު އޮތް އިބްތިދާއީ އަޑުއެހުމުގައި ވަކީލަކާ ނުލާ ކުރިއަށްގެންދަން ދަތި ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިކަމަށް ދައުލަތުން ވެސް އިއުތިރާޒު ނުކުރެއްވުމުން، ވަކީލަކު އައްޔަން ކުރުމަށް ގާނޫނުން ތަންދޭ އެންމެ ދިގު މުއްދަތު މައްސަލަ ބައްލަވާ ގާޒީ، ސޮފްވަތު ހަބީބު ވަނީ ދެއްވާފައެވެ. އެއަށްފަހު ގާޒީ ވިދާޅުވީ، ވަކީލަކާއެކު ދެން އިތުރު އަޑު އެހުމެއް ކުރިއަށްގެންދިޔުމަށެވެ.

މުއިއްޒުގެ މައްޗަށް ދައުވާކޮށްފައިވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައިި، އެ ކުންފުނިން ނެދަލޭންޑްސްގައިި ހުންނަ އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި ކުންފުނީގެ ހެއްކެއްގެ ގޮތުގައި ދޮގު ބަޔާން ދީފައިވާ ކަމަށް ބުނެއެވެ.

ނޫމަޑި މައްސަލަ މިހާރު ސަރުކާރުން ވަނީ ކޯޓުން ބޭރުން ހައްލުކޮށްފައެވެ. އަދި، އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
100%
0%
0%
0%
0%
0%
ކޮމެންޓް