Advertisement
ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 00:45
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، (ސްޓެލްކޯ) ގެ މައި އިދާރާ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، (ސްޓެލްކޯ) ގެ މައި އިދާރާ
ގޫގުލް
ކަރަންޓުގެ މައްސަލަ
ސްޓެލްކޯއިން އިތުރު ޖަނަރޭޓަރެއް ބަހައްޓައި ހުކުރު ދުވަހު ގްރިޑާއި ގުޅައިލަނީ
އަލަށް ބެހެއްޓީ 8000 ކިލޯވޯޓުގެ ޖަނަރޭޓަރެއް
އައު ޖަނަރޭޓަރާއި އެކު ސްޓެލްކޯއިން މާލެއަށް ދެމުންދާ ކަރަންޓުގެ ކެޕޭސިޓީ 76000 ކިލޯވޯޓަށް އިތުރުވާނެ
ކަރަންޓު އިސްރާފު ނުކުރުމަށް ސްޓެލްކޯއާއި ހަކަތައާއި ބެހޭ ވުޒާރާއިން އެދޭ

މެދުނުކެނޑި، ބޭނުންވާ ވަރަށް މާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، (ސްޓެލްކޯ) އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް އިތުރު ޖަނަރޭޓަރެއް ބަހައްޓައިފިއެވެ.

 

ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި އަލަށް ބަހައްޓާފައިވަނީ 8000 ކިލޯވޯޓުގެ ޖަނަރޭޓަރެކެވެ. މި ޖަނަރޭޓަރު ސްޓެލްކޯގައި މިހާރު އިންސްޓޯލް ކޮށްފައިވާއިރު، އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި ޖަނަރޭޓަރު މާލޭގެ ކަރަންޓު ގްރިޑާއި ގުޅައި، ބޭނުންކުރަން ފެށުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޓެސްޓު ކުރުމުގެ ގޮތުން، ހުކުރު ދުވަހު އާ ޖަނަރޭޓަރަށް ލޯޑުދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

 

އަލަށް އިންސްޓޯލް ކުރެވުނު ޖަނަރޭޓަރާއި އެކު، ސްޓެލްކޯގެ ޖުމްލަ ކެޕޭސިޓީ 76000 ކިލޯވޯޓަށް އިތުރުވެގެންދާނެއެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި މިންވަރަކީ މާލޭގެ މިވަގުތުގެ ކަރަންޓުގެ ޑިމާންޑަށް ޚިދުމަތް ފޯރުކޮށްދެވޭނެ އެކަށޭނަ މިންވަރެކެވެ. ނަމަވެސް މާލޭގައި ކަރަންޓު ބޭނުންކުރާ މިންވަރު އަދިވެސް އިތުރުވަމުން ދާތީ އެ ކުންފުންޏާއި، ހަކަތައާއި ބެހޭ ވުޒާރާއިންވެސް ވަނީ ކަރަންޓު އިސްރާފުކުރާ މިންވަރު މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް