ކ. މާލެ
|
31 ޖުލައި 2021 | ހޮނިހިރު 07:47
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެޗްއީއޯސީ
ކޮވިޑް-19 ވެކްސިން ޕްރޮގްރާމް
ރާއްޖޭގެ މުޅި އާބާދީއަށް ޖެހޭ ވަރަށް ވެކްސިން ލިބިއްޖެ، އެންމެންގެ އެއްބާރުލުން ބޭނުން: މަބްރޫކް
މިމަހުގެ 31 ވަނަ ދުވަހު މާލެ ސަރަހައްދުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހަން ފަށާނެ
ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ދޫކުރަން މިހާރު ވަނީ ފަށާފައި
މި ޕްރޮގްރާމަށް އެންމެންގެ އެއްބާރުލުން ބޭނުންވޭ

ކޮވިޑް-19 ގެ ކުރިން ގައުމު އޮތް ހާލަތަށް އެނބުރި ދިއުމަށް ވެކްސިން ޕްރޮގްރާމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިމަހުގެ 28 ވަނަ ދުވަހު ހެލްތް އިމަރޖެންސި އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރާއްޖެއިން އޯޑަރުކޮށްފައިވާ އެސްޓްރަޒެނެކާ ވެކްސިންގެ ސްޓޮކް ލިބިފައިވާކަން އިއުލާނުކޮށްފައެވެ. މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހަން ފަށާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިއާއެކު މިމަހުގެ 29 ވަނަ ދުވަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އެސްޓްރަޒެނެކާ ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުން ހުޅުވާލާފައެވެ.

މިކަމާއި ގުޅިގެން މަބްރޫކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާބާދީގެ ހުރިހާ އެންމެންނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ހޯދުނު މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.

Advertisement

މި ޕެންޑަމިކުގެ ކުރިން ގައުމު އޮތް ހާލަތަށް އަނބުރާ ވާސިލްވުމަށް މުޖުތަމައުގެ އެންމެންގެ ފުރިހަމަ އެެއްބާރުލުން ބޭނުންވާކަމަށް މަބްރޫކް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް މިހާރު ފަށާފައިވާ ވެކްސިން ޕްރޮގްރާމަށް އެންމެންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އެސްޓްރަޒެެނެކާ ވެކްސިން ޖަހަން ފަށާއިރު، ވެކްސިން ޖެހުމަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދެއެވެ. އެޕޮއިންޓްމެންޓް ހެއްދުމަށް އެމީހަކާ ބެހޭ ތެދު މައުލޫމާތު ބޭނުންވާނެއެވެ. އެޕޮއިންޓްމެންޓް ހަމަޖެހުމުން އެކަމުގެ ލިޔުން އެސްއެމްއެސް މެދުވެރިކޮށް ލިބޭނެއެވެ. އަދި އެޕޮއިންޓްމެންޓުގެ 15 މިނެޓު ކުރިން ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ސެންޓަރަކަށް ދާންޖެހޭނެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 321,594ށް އަރާފައެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދުވަނީ 263,067ށް އަރާފައެވެ.

ސަރުކާރުގެ އަމާޒަކީ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް