ކ. މާލެ
|
30 ޖުލައި 2021 | ހުކުރު 22:14
ގެއްލިގެން ހޯދަމުންދާ ޒުވާނާ
ގެއްލިގެން ހޯދަމުންދާ ޒުވާނާ
ޕޮލިސް
މީހަކު ގެއްލިގެން ހޯދަން ފެށުން
ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި
 
މި ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ޚަބަރެއް ނުވޭ
 
ގެއްލިގެން ހޯދަމުންދަނީ އދ. ކުނބުރުދޫ، ފެހިގެ، އަހުމަދު ނައުފަލް

ޒުވާނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ގެއްލިގެން ހޯދަމުންދަނީ އދ. ކުނބުރުދޫ، ފެހިގެ، އަޙްމަދު ނައުފަލް (26އ) ކަމަށެވެ.

މި ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ޚަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. އަޙްމަދު ނައުފަލްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ އުޅެމުންއައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ނައުފަލްގެ އާއިލާއިން ބުނީ ނައުފަލް އަކީ މަހަށް ދާ މީހެއް ކަަމަށާއި އޭނަ މާލެއަށް އައީ ޑޮކްޓަރަށް ދައްކަން ކަމަށެވެ. އަދި އާއިލާ މީހެއް ގާތު ރައްޓެއްސެއްގެ ގޭގައި ހުންނަ ކަމަށް ބުނި ކަމަށް ވެސް ބުންޏެވެ. ނައުފަލް އެންމެ ފަހު ފޯނުން ވާހަކަ ދެއްކީ އޭނާގެ މަންމައާ ކަމަށާއި މިހާރު އޭނާގެ ފޯނަށް ނުގުޅޭ ކަަމަށް ވެސް އާއިލާއިން ބުންޏެވެ.

ނައުފަލްގެ އާއިލާ އިން އިތުރަށް ބުނީ އޭނަ އަކީ އެގޮތަށް ގިނައިރު ޚަބަރު ނުވެ ފޯނު ނިއްވާލައިގެން އުޅޭ މީހެއް ނޫން ކަމަށެވެ.

ނައުފަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހެއްވާނަމަ ލަސްނުކޮށް އެ މައުލޫމާތު ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅާ ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
33%
33%
33%
0%
0%
0%
ކޮމެންޓް