ނިއުޒިލޭންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޮނަތަން އޮސްޓިން އާއި ރާއްޖޭގެ ޚާރިޖީ ވަޒީރު އާސިމް ބައްދަލު ކުރައްވާފައެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިއަދު ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި އޮތް ބައްދަލުވުމުގައި ދެގައުމުގެ ޝައުގުވެރިކަން ހުރި ދާއިރާތަކުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ޖޮނަތަން އޮސްޓިން އަކީ ރާއްޖޭގެ އިތުރުން ސިންގަޕޫރަށް ނިއުޒީލެންޑުން ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރެވެ.