Advertisement
ކ. މާލެ
|
17 މެއި 2017 | ބުދަ 17:44
މިނިސްޓަރ ތޯރިގް ޖަލްސާގައި ވާހަކަދައްކަވަނީ
މިނިސްޓަރ ތޯރިގް ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ފަޔަރ ސޭފްޓީ ޓްރެއިނިން ޕްރޮގް
އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ތޯރިގް
މި ޓްރެއިނިން ކޯހުގައި ފެނަކައިގެން ހުރިހާ އިންޖީނު ގެއަކުން ބައިވެރިވާނެ
މި ކޯސް ހިންގަނީ އިންޖީނު ގެތަކުގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ސަލާމަތްވެ، ގެއްލުން ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން

ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި، އިންޖީނުގެތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށް އެންވަޔަރމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

 

ފަޔަރ ސޭފްޓީ ޓްރެއިނިން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ ތޯރިގް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމް ކޮށްފައިވާ އިންޖީނުގެތައް އެފިޝިއެންޓް ކުރުމުގެ މަސައްކަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ތެޔޮ ބޭނުން ކުރުމާއި ގެންގުޅޭ އުސޫލުތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށްވެސް ރޭވިފައިވާ ކަމަށެވެ. އަދި ފެނަކައިން މިހާރު ދަނީ ތެޔޮ އެޅޭ އިރު ތެޔޮ ހޭދަވަނީ ކިހާ މިންވަރެއްތޯ ބަލަމުން ގެންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ތެޔޮ ހަރަދުވާ ގޮތް ބެލުމަށް ފްލޯރ މީޓަރސް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ތޯރިގް ވިދާޅުވި އެވެ.

 

ފެނަކައިން 140 ހަށް ވުރެ ގިނަ އިންޖީނުގެ އާއި ހަވާލުވެފައިވާ އިރު އަދިވެސް ގިނަ ރަށްރަށުގައި ބޭނުން ކުރަނީ ކުރިން ބޭނުންކޮށްފައި ހުރި އިންޖީނުގެތައް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

 

"ފެނަކައިން އިންޖީނުގެތަކާއި ހަވާލުވެގެން އާއި އިރު ބައެއް އިންޖީނުގެތައް ހުރީ ވަރަށް ހާލުގަ. އަދި އަޕްޑޭޓް ކުރުމުގެ މަސައްކަތްތަކެއް ކުރެވުނު. އަދި 24 ގަޑި އިރު ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ރައީސް ޔާމީން ފެށި މަސައްކަތުގެ ތެރެއިން އިންޖީނުގެތަކަށް ބަދަލުތަކެއް ގެނެވުނު." ތޯރިގް ވިދާޅުވި އެވެ.

 

ތޯރިގް ވިދާޅުވީ، 24 ގަޑި އިރު ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު އެންމެ މުހިއްމު މަސައްކަތްތަކެއް ކުރަމުންދަނީ، މި ހިދުމަތް އެންމެ ފެންވަރު ރަގަޅުކޮށް، އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން ދިނުން ކަމަށެވެ.

 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފު ވިދާޅުވީ، މި ފާއިތުވެދިޔަ ދުވަސްތަކުގައި، ފެނަކައިން އިންޖީނުގެ ތަކުގެ ފެންވަރު ރަގަޅުކޮށް، ކަރަންޓްގެ ހިދުމަތް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މި ވޭތުވެދިޔަ ދުވަސްތަކުގައި ފެނަކައިގެ ދެ އިންޖީނު ގެ ކަމަށްވާ ގދ. ތިނަދޫ އާއި ގދ.ފިޔޯރީގެ އިންޖީނުގޭގައި ހިނގި އަލިފާނު ހާދިސާ ތަކުން، އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ، އެންމެ އެކަށީގެންވާ ގޮތަށް އަލިފާނުގެ ހާދިސާ އިން ސަލާމަތް ވުމަށް އަހުލުވެރިވެފައިވާ މީހުން ނޫން ކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

 

"ގދ. ފިޔޯރީގައި ހިގާދިޔަ ހާދިސާގައި އަޅުގަނޑުމެންނަށް އެފަދަ ޓްރެއިނިންގް އެއް ލިބިފައި ނެތުމުގެ ސަބަބުން އަލިފާން ކޮންޓްރޯލް ކުރަން ލަސްވެ، އަދި ބޮޑު ގެއްލުންތަކެއް ލިބިފައިވާކަން އަޅުގަނޑުވެސް އެތަނަށް ދިޔަ ދިއުމުން ފާހަގަވި." ޝަރީފު ވިދާޅުވި އެވެ.

 

ޝަރީފު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެނަކައިގެ ހުރިހާ އިންޖީނު ގެ ތަކުގެ މުވައްޒަފުންނަކީ އެމްއެންޑީއެފް ގެ ބޭސިކް ފަޔަރ ސޭފްޓީ ކޯސް ފުރިހަމަކޮށްފައިވާ، އަލިފާން ނިއްވުމަށް އަހުލުވެރިވެފައިވާ ބަޔަކަށް ވެގެންދާނެ ކަމަށެވެ.

 

އަލިފާނުގެ ހާދިސާ ތަކަށް އަހުލުވެރިކޮށް، އަލިފާން ނިއްވުން ދަސްކޮށްދިނުމަށް ފެނަކައިގެން މުވައްޒަފުންނަށް ކުރިއަށްދާ މި ކޯސް ކުރިއަށްދަނީ ތިން ދުވަހުގެ ނިއަލަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް