ކ. މާލެ
|
25 ޖުލައި 2021 | އާދީއްތަ 23:46
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ގޫގުލް
ކުޅުދުއްފުށީގެ ކޮވިޑްގެ ހާލަތު
ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންނާ ދިމާވި މީހުންގެ އަދަދު 69ށް
 
ރޭގަނޑު 09:00ން ފަތިހު 04:00ށް ބޭރަށް ނުކުތުން މަނާކޮށް ކާފިއު ހިންގަންފަށައިފި
 
ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންނާ ދިމާވި މީހުންގެ އަދަދު 69ށް އަރައިފި

ހދ. ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންނާ ދިމާވި މީހުންގެ އަދަދު 69ށް އަރައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިސަރ މުޙައްމަދު މޫސާ ވިދާޅުވީ ޖުލައި މަހު 23ވަނަ ދުވަހު ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި 23 މީހުންގެ ތެރެއިން 2 މީހުން ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި ޕޮޒިޓިވްވި ދެމީހުންނާ 25 މީހުންނާ ދިމާވެފައިވާކަމަށް މޫސާ ވިދާޅުވިއެވެ. މިއާއެކު ކުޅުދުއްފުށިން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުންގެ ޖުމްލަ އަދަދު މިވަނީ 69ށް އަރާފައެވެ.  

ކުޅުދުފުށިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނީ މި މަހުގެ 23ވަނަ ދުވަހުއެވެ. އެއީ 13 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. ފަހުން ޕޮޒިޓިވްވި 3 ކޭސް ތެރޭގައި ހިމެނެނީ 23 ވަނަ ދުވަހު ޕޮޒިޓިވްވި ކުއްޖާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓިވްވި ދެ މީހުންނާއި، ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ.

ޑައިރެކްޓް ކޮންޓެކްޓުންގެ ނަތީޖާއަށް ބަލައި، އިތުރު ސާމްޕަލްތައް ނަގާނެ ކަމަށާއި، ގިނަ ކޭސްތަކެއް ފެނިއްޖެނަމަ ރަށުގައި ބަލި ފެތުރިފައި އޮތް މިންވަރު ދެނެގަންނަން ރެންޑަމް ސާމްޕަލްވެސް ނަގާނެކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މީގެ އިތުރުން އެޗްޕީއޭގެ ގަވައިދުގެ މަތިން އެރަށް މޮނިޓަރިންނަށް ލުމާއެކު ރޭގަނޑު 09:00ން ފަތިހު 04:00ށް ބޭރަށް ނުކުތުން މަނާކޮށް ކާފިއުވެސް ހިންގަންފަށާފައެވެ.

މިދިޔަ ޖޫން މަހުގެ 10ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ވަނީ މޮނިޓަރިންނަށް ލާފައެވެ. އެއީ އެރަށުން ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެގެންނެވެ. އަދި މެއި މަހުވެސް ކުޅުދުއްފުށި ސިޓީ ވަނީ މޮނިޓަރިންނަށް ލާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
50%
50%
ކޮމެންޓް
26 ޖުލައި 2021 | ހޯމަ 01:32
އަލީ ހ ސ
ތި 13 އަހަރު ކުށްޖަޔަށް ޖެހޭނީ ގޭގެ ކޮންމެވެސް މީހަކަށް ޖެހިގެން ކަމަށްބެލެވޭ ސިއްރުކޮށްގެން ތިބެފަ ކުޑަކުދިންނަށް ޖައްސާފަ ޓެސްޓް ކުރަން ފޮނުވަނީ