ކ. މާލެ
|
25 ޖުލައި 2021 | އާދީއްތަ 19:04
ގްރޭޓަރ މާލެ އިންޓަރ-ކަނެކްޝަން މަޝްރޫޢު ނިންމާލުމުގެ ތެރެއިން
ގްރޭޓަރ މާލެ އިންޓަރ-ކަނެކްޝަން މަޝްރޫޢު ނިންމާލުމުގެ ތެރެއިން
ސްޓެލްކޯ
ގްރޭޓަރ މާލެ އިންޓަރ-ކަނެކްޝަން
ގްރޭޓަރ މާލެ އިންޓަރ-ކަނެކްޝަން މަޝްރޫޢުގެ މަސައްކަތް ނިންމާލައިފި
 
ކުރިއަށް އޮތް މަހުގެ ތެރޭގައި މިކަނެކްޝަންއިން ހަކަތަ ފޯރުކޮށްދޭ މިންވަރު ބަލައި، ވަޒަންކުރަމުން ދާނެ
 
ގްރޭޓަރ މާލޭ އިންޓަރ ކަނެކްޝަންގެ މަސައްކަތުގެ ދަށުން މާލެއާއި ހުޅުމާލެއާއި ހުޅުލޭގެ ކަރަންޓު އެއްވިއުގައަކުން މިހާރުވަނީ ގުޅާލާފައި
 
އިންޓަރ ކަނެކްޝަން މަޝްރޫޢުގެ ދަށުން އެންމެ ފަހުގެ ޓެސްޓުތައް ކުރިއަށްދިޔައީ ހޮނިހިރު ދުވަހު

ގްރޭޓަރ މާލެ އިންޓަރ-ކަނެކްޝަން މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ.

މިއީ މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ހަކަތައިގެ އެންމެ ބިޔަ މަޝްރޫޢެވެ. ސްޓެލްކޯއިން ބުނީ ކުރިއަށް އޮތް މަހުގެ ތެރޭގައި މިކަނެކްޝަންއިން ހަކަތަ ފޯރުކޮށްދޭ މިންވަރު ބަލައި ވަޒަންކުރަމުންދާނެ ކަމަށެވެ. ގްރޭޓަރ މާލެ އިންޓަރ ކަނެކްޝަންގެ މަސައްކަތުގެ ދަށުން މާލެއާއި ހުޅުމާލެއާއި ހުޅުލޭގެ ކަރަންޓު އެއްވިއުގައަކުން މިހާރުވަނީ ގުޅާލާފައެވެ.

މި މަޝްރޫޢުގެ ދަށުން އެންމެ ފަހުގެ ޓެސްޓުތައް ހޮނިހިރު ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު މިމަސައްކަތް ކުރި ވަގުތު އެއްވެސް މައްސަލައެއް ދިމާވެފައިނުވާކަމަށް ސްޓެލްކޯއިން ބުނެއެވެ. ހޮނިހިރު ދުވަހު މިމަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު މިކަނެކްޝަންއިން މާލެއާއި ހުޅުމާލެ އަދި ހުޅުލޭގައި ޙަކަތަ ފޯރުކޮށްދޭ ގޮތާއި މިންވަރު ބަލާ މޮނީޓަރ ކުރަމުންދާނެކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.

ސްޓެލްކޯއިން ބުނީ މިމަޝްރޫޢުގެ މަސައްކަތް ނިމުމާއެކު މިހާރު މާލޭގައި ހުރި ކުދި އިންޖީނުތައް ނިވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ހަކަތަ އުފެއްދުމަށް މާލޭގައި ބޭނުންކުރަމުން އަންނަ އިންޖީނުތައް ބޭނުން ކުރުން ހުއްޓާލުމަށް ހުޅުމާލޭގައި ހަކަތަ އުފެއްދުމަށް އިތުރު އިންޖީނުގެއެއް އެޅުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށެވެ.

އިންޓަރ-ކަނެކްޝަން މަޝްރޫޢުގެ ދަށުން މާލެއާއި ހުޅުމާލޭގައި 95 މެގަވޮޓްގެ 4 ޓްރާންސްފޯމަރު، އަދި ހުޅުލޭގައި 8 މެގަވޮޓްގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މިމަޝްރޫޢުގެ ކަނެކްޝަން ކޭބަލް އަޅާފައިވަނީ ސިނަމާލެ ބްރިޖުގެ ދަށުންނެވެ. 3 ސަރަޙައްދުގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށް ޖުމްލަ 6 ކޭބަލް މެދުވެރިކޮށް އަޅާފައިވާ މިއިންޓަރ-ކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ހަކަތަ ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލްއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް