ކ. މާލެ
|
25 ޖުލައި 2021 | އާދީއްތަ 13:23
ހދ. ކުޅުދުއްފުށި
ހދ. ކުޅުދުއްފުށި
ރާއްޖެއެމްވީ
ކުޅުދުއްފުށީގެ ކޮވިޑް ހާލަތު
ކުޅުދުއްފުށިން އިތުރު 3 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ 4 އަށް
 
މިވަގުތު ކުޅުދުއްފުށީގައި 4 އެކްޓިވް ކޭސް

ހދ. ކުޅުދުއްފުށިން އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވެފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ފަހުން ފާހަގަކުރެވުނު 3 ކޭސްގެ ތެރޭގައި ހިމެނެނީ 23 ވަނަ ދުވަހު ޕޮޒިޓިވްވި ކުއްޖާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓިވްވި ދެ މީހަކާއި، ފްލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށެވެ.

މިއާއެކު މިވަގުތު ކުޅުދުއްފުށީގައި އެކްޓިވް ކޭސްގެ ގޮތުގައި ހަތަރު ކޭސްއެއް ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އަލަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ރަށުގައި ބަލި ފެތުރުމުގެ ފުރުސަތު އަދިވެސް އޮތުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މަތީ ދެމިތިބުމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ޚާއްސަކޮށް މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށް ވުމާއެކު، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވެއެވެ.

އެރަށުން އެންމެ ފުަރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ 13 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. އެކުއްޖާގެ 23 ޑައިރެކްޓް ކޮަންޓެކްޓުން ފާހަގަކުރެވުނު ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ޑައިރެކްޓް ކޮންޓެކްޓުންގެ ނަތީޖާއަށް ބަލައި، އިތުރު ސާމްޕަލްތައް ނަގާނެ ކަމަށާއި، ގިނަ ކޭސްތަކެއް ފެނިއްޖެނަމަ ރަށުގައި ބަލި ފެތުރިފައި އޮތް މިންވަރު ދެނެގަންނަން ރެންޑަމް ސާމްޕަލް ވެސް ނަގާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މީގެ އިތުރުން އެޗްޕީއޭގެ ގަވައިދުގެ މަތިން އެރަށް މޮނިޓަރިންނަށް ލުމާއެކު ރޭގަނޑު 09:00 އިން ފަތިހު 04:00 އަށް ވަނީ ކާފިއު ވެސް ހިންގާފައެވެ.

މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ވެސް ކުޅުދުއްފުށި ސިޓީ ވަނީ މޮނިޓަރިންނަށް ލާފައެވެ. އެއީ އެރަށުން ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެގެންނެވެ. އަދި މެއި މަހު ވެސް ކުޅުދުއްފުށި ސިޓީ މޮނިޓަރިންނަށް ލާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް