ކ. މާލެ
|
18 ޑިސެންބަރ 2023 | ހޯމަ 07:10
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
އެޑިޝަން.އެމްވީ
ފައިލޭރިއާގެ ކޭސްތައް
ފައިލޭރިއާގެ ކޭސްތައް ފެނުން: ބަލީގެ ހާލަތުގެ ދެނެގަތުމަށް ކުޅުދުއްފުށިން ރޭންޑަމް ސާމްޕަލްތަކެއް ނަގަނީ
 
އާބާދީ ތެރޭގައި ބަލި ހުރިތޯ ބެލުމަށް ސްކްރީން ކުރާނެ
 
ބައްޔަށް ޕޮޒިޓިވްވި މީހުން ކައިރީގައި އުޅުނު މީހުންގެ ޓެސްޓްތައް ދަނީ ހަދަމުން

ކުޅުދުއްފުށި ސިޓީގައި ދިރިއުޅެމުން ދިޔަ ބިދޭސީންތަކެއް ފައިލޭރިއާއަށް ޕޮޒިޓިވްވުމާއި ގުޅިގެން ބަލީގެ ހާލަތު ދެނެގަތުމަށްޓަކައި ރަށު ތެރެއިން ރޭންޑަމް ސާމްޕަލްތަކެއް ނަގާނެ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ކުޅުދުއްފުށި ސިޓީން ފައިލޭރިއާއަށް ޕޮޒިޓިވް 17 މީހުންގެ އިތުރުން، އިތުރު އެއްވެސް މީހަކު ޕޮޒިޓިވްވެފައިނުވާ ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ. އަދި ފައިލޭރިއާއަށް ޕޮޒިޓިވްވި ބިދޭސީ މަސައްކަތްތެރިންނަށް ފަރުވާ ދެމުންދާ ކަމަށާއި، އެމީހުންނާއި ކައިރީގަ އުޅުނު މީހުންގެ ޓެސްޓުތައް ހަދަމުންދާ ކަމަށެވެ. 

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ފައިލޭރިއާގެ ކޭސްތަކެއް ފެނުމުން އާބާދީގެ ތެރޭގައި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ހާއްސަ ސްކްރީނިންތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ރަށު ތެރެއިން ރޭންޑަމް ސާމްޕަލްތަކެއް ނަގާ ޓެސްޓްކުރަމުންދާނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ގަބޫލުކުރެވޭ ގޮތުގައި، ކުޅުދުއްފުށިން ފެނިގެން އުޅޭ ހުރިހާ ކޭސްތަކުގައި ހިމެނެނީ އެއްސަރަހައްދަކުން އައިސްފައި ތިބި ބިދޭސީން ކަމަށާއި، އެހެންކަމުން އެއީ އިންޕޯޓެޑް ކޭސްތަކެއް ކަމަށް ބެލޭވޭ ކަމަށެވެ. އަދި ރާއްޖޭގައި ބަލި ހުރިކަމަށް ނުބެލެވޭ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ބަލީގެ ހާލަތު އެހާ ގޯސްނޫން ކަމަށާއި، ސިޓީގެ އާއްމު ހާލަތު ރަނގަޅު ކަމަށެވެ. އަދި ފައިލޭރިއާއަކީ މީގެ ކުރިން ނައްތާލެވިފައިވާ ބައްޔަކަށްވެފައި، ރާއްޖޭގައި އެ ބަލި ފަތުރާ މަދިރިއުޅުނު ނަމަވެސް އޭގެ ސަބަބުން ބަލި ނުޖެހޭނެކަމަށެވެ. ސަބަބަކީ ފައިލޭރިޔާ ޖެހިފައިވާ މީހުންނަށް ބޭސްދިނުމުން އޭނާ ގައިގަ ޖަރާސީމް ހުރިނަމަވެސް އެބަލި ނުފެތުރޭނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް