ކ. މާލެ
|
25 ޖުލައި 2021 | އާދީއްތަ 00:21
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް
މެއި 6ގެ ހަމަލާ
ހަމަލާއެއް ދޭން އުޅޭ ކަމަށް މިނިސްޓަރަށް ލިބިވަޑައިގަތް މައުލޫމާތާ މި ހަމަލާއާ ގުޅުމެއް ނެތް: ފުލުހުން
 
މި މައުލޫމާތުތަކާ ގުޅިގެން ބައެއް ކަންކަން ވެރިފައި ކުރުމަށް، ސީދާ ރައީސް ނަޝީދާ ސުވާލުކުރަންޖެހޭ

ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމަށްބުނެ ޑިފެންސް މިނިސްޓަރަށް ލިބިވަޑައިގެންނެވި މައުލޫމާތާ، ރައީސް ނަޝީދަށް ދިން ހަމަލާއާ ސީދާ ގޮތުން ގުޅުމެއް ނެތް ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް މިފަދައިން ވިދާޅުވީ މެއި 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް، ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާގޮތް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ހަމަލާގެ މައުލޫމާތު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަށް ލިބިވަޑައިގެންނެވިކަން ތަހުގީގަށް ލިބުނު މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މިކަމާގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލަމުންދާ ކަމަށާއި، މިހާތަނަށް ބެލި ބެލުމުން މިނިސްޓަރ މާރިޔާއަށް ލިބިލެއްވި މައުލޫމާތާއި މެއި 6 ގައި ދިން ހަމަލާއާ ސީދާ ގޮތުން ގުޅުމެއް ވާކަމަށް ފާހަގަކުރެވިފައިނުވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

މި މައުލޫމާތާ ގުޅިގެން ބައެއް ކަންކަން ވެރިފައި ކުރުމަށް ސީދާ ރައީސް ނަޝީދާ ސުވާލުކުރަންޖެހޭ ކަމަށާއި، ތަހުގީގަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ބަހެއް އަދި ލިބިފައި ނުވާކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ، ހަމަލާ ދިނުމުގެ ކުރީގައި ހަމަލާގެ މައުލޫމާތު ލިބި އޮވެ، އެ މައުލޫމާތެއް ހިއްސާކުރަންޖެހޭ ފަރާތަކާ ހިއްސާނުކޮށް އޮތްނަމަ އެކަމެއް ތަހުގީގުތެރޭގައި ބަލާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ހަމަލާ ދިނުމުގެ އެއްވެސް ދައުރެއް ވާ މީހަކު ވޭތޯ ބަލައި އެކަމުގެ ތަހުގީގުތައް ކުރިއަށްގެންދިޔުމަށް ކަމަށް ސީޕީ ޙަމީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާ ދިނުމުގެކުރިން މެއި މަހުގެ 3 ވަނަ ދުވަހު، އެފަދަ ހަމަލާއެއް ދޭންއުޅޭކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީއާ ހިއްސާކުރައްވާފައިވެއެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓަރ މާރިޔާ ވިދާޅުވީ ތިން މިލިއަން ޑޮލަރު ދީގެން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ ވާހަކައެއް މީހަކު ބުނިކަމަށެވެ. އަދި ފައިސާ ދީގެން މީހަކު މެރުމަކީ ޖިނާއީ ކުށެއްކަމަށާއި އެހެންކަމުން ފުލުހުންނާ އެ މައުލޫމާތު ހިއްސާކުރުމަށް ވިދާޅުވިކަމަށް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ އެ މައުލޫމާތު އިތުރު ބަޔަކާ ހިއްސާނުކުރެއްވީ ޖެހިގެން އައި ދުވަހު ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވައި، ރައީސް ނަޝީދުގެ ސެކިއުރިޓީ ހަމަޖެހިފައިވާ ގޮތް ޗެކް ކުރެއްވުމަށްފަހު، ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފައިވާކަން އެނގިވަޑައިގަތުމުން ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
25 ޖުލައި 2021 | އާދީއްތަ 12:01
މޭޔަރ 2023
މާރިއާ ސަލާމަތްވީ.
ގުޅުންހުރި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މީހަކު ރަހީނުކޮށްގެން ފައިސާ ފޭރުނު މައްސަލައެއްގެ ތަހުގީގަށް ހޯދާ މީހެއްގެ ވަނަވަރު އާންމުކޮށްފި
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް