Advertisement
ކ. މާލެ
|
17 މެއި 2017 | ބުދަ 15:51
ރާއްޖެ ހިމެނޭ ސަރަހައްދުގެ މަތިން ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް
ރާއްޖެ ހިމެނޭ ސަރަހައްދުގެ މަތިން ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް
ޓްވިޓަރ
ހުޅަނގު މޫސުމް ވިއްސާރަ
ބޯކޮށް ވާރޭ ވެހޭނެ، ގުގުރުން ވެސް އެކަށިގެންވޭ، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ، ސަމާލުވޭ: މެޓް އޮފީސް
މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 15 މޭލާއި 25 މޭލަށް ވައިގަދަ، އެހެން އަތޮޅުތަކަށް 10 މޭލާއި 18 މޭލަށް ވައިގަދަ ވާނެ
ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ
ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށްވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ރާއްޖޭގެ އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށެވެ.  

މެޓް އޮފީހުން ބުނީ ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެ ކަމަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނީ ހުރިހާ ފަރާތްތަކުން ވެސް، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް