ކ. މާލެ
|
24 ޖުލައި 2021 | ހޮނިހިރު 21:23
މުހައްމަދު ހަމީދު، ކޮމިޝަނަރ އޮފް ޕޮލިސް
މުހައްމަދު ހަމީދު، ކޮމިޝަނަރ އޮފް ޕޮލިސް
ހެލްތު މިނިސްޓްރީ
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާ
ޙަމަލާ ދިން މީހުން 3 ފަހަރަށް ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅުނު
 
އެންމެ އިސްކޮށް އުޅުނު އެކަކު އައްޑޫސިޓީންވެސް ހައްޔަރު ކޮށްފައިވޭ
 
މި މައްސަލައާ ގުޅިގެން މިހާތަނަށް 840ށް ވުރެ ގިނަ ތަންތަނަށް ޒިޔާރަތްކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ޙަމަލާދިން މައްސަލައިގައި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ރައީސް ނަޝީދަށް އަމާޒުކޮށް ޙަމަލާ ދިނުމަށާއި، އެމަނިކުފާނު އަވަހާރަކޮށްލުމަށް 3 ފަހަރު މަސައްކަތް ކޮށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ މުޙައްމަދު ހަމީދު ވިދާޅުވީ، މި ޙަމަލާ ދިނުމަށް 3 ފަހަރު މަތިން މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް ހޯދުނު ހޯދުންތަކުން އެނގިފައިވާ ކަމަށެވެ. އެގޮތުން ޖާނުންފިދާވެގެން ޙަމަލާ ދިނުމަށް މަސައްކަތް ކުރި ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ. އެންމެ ފުރަތަމަ ޙަމަލާ ރާވާފައިވަނީ ޔާގޫތު ސަރަޙައްދުގައެވެ.

ދެވަނަ ފަހަރަށް ޙަމަލާ ދިނުމަށް ރޭވީ ރައީސް ނަޝީދު ކަސްރަތަށް ނުކުންނަވާއިރު، މޭރީ ބްރައުން ރެސްޓޯރަންޓު ސަރަޙައްދުގައެވެ. ނަމަވެސް އެކަމުގައި ދަތިތަކެއް ހުރުމުން 3 ވަނަ ފަހަރަށް ޙަމަލާ ރޭވީކަން އޭސީޕީ މުޙައްމަދު ރިޔާޒު ފާހަގަ ކުރެއްވިއެވެ. ރިޔާޒް ވިދާޅުވީ، ޙަމަލާ ދިނުމަށް ބޭނުންކުރި ސައިކަލަކީ 2019 ވަނަ އަހަރު ގަނެފައިވާ ސައިކަލެއް ކަމަށެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެގޮތުން ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގެ އެންމެ އިސްކޮށް އުޅުނު އެކަކު އައްޑޫސިޓީންވެސް ހައްޔަރު ކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމް އައްޑޫސިޓީން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އޭނާއަކީ ޙަމަލާގައި އެންމެ އިސްކޮށް އުޅުނު މީހުންގެ ތެރެއިން އެކަކު ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އޭނާއަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން ޖެހޭކަމަށް ބުނެ އެ ޝުއޫރު ފާޅު ކޮށްފައިވާ މީހެއްކަން ސީޕީ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ހަމަލާ ރާވައި ހިންގުމުގައި އަމަލީ ގޮތުން އިސް ދައުރެއް އަދާކުރި ކަމުގެ ތަހުމަތުކޮށް މ. ކުދެހިގޭ, އިސްހާގު ގެ މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ.

ސީޕީ ވިދާޅުވީ، މި މައްސަލައާ ގުޅިގެން މިހާތަނަށް 840ށް ވުރެ ގިނަ ތަންތަނަށް ޒިޔާރަތްކޮށް، 200ށް ވުރެ ގިނަ މީހުންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
50%
0%
50%
ކޮމެންޓް
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ