ކ. މާލެ
|
24 ޖުލައި 2021 | ހޮނިހިރު 16:26
ކަސްޓަމްސްއިން މަސްތުވާތަކެތި ނައްތާލަނީ
ކަސްޓަމްސްއިން މަސްތުވާތަކެތި ނައްތާލަނީ
މަސްތުވާތަކެތި ނައްތާލުން
ކަސްޓަމްސްއިން 15،000 ލީޓަރުގެ ބަނގުރާ ނައްތާލައިފި
 
މިއީ އެކި ސަބަބުތަކާހުރެ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ތަކެތި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާވި އަދި ޓޮނިކް ނައްތާލައިފިއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި ނައްތާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަމަށެވެ.

ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 12،013.32 ލީޓަރުގެ ބަނގުއާތްވާއި 3،535 ލީޓަރުގެ ޓޮނިކް ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވައިދުގެ 269 ވަނަ މާއްދާގެ ދަށުން، ބޮންޑެޑް ވެއާރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކި އެކި ސަބަބުތަކާހުރެ ކަސްޓަމްސްއިން ހިފަހައްޓާފައި ހުންނަ ތަކެތި ކަނޑައެޅިފައވާ އުސޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން މިމަހުގެ 8 ވަނަ ދުވަހު ވެސް ވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި 40،000 އަށްވުރެ ގިނަ ބަނގުރާ ފުޅިއާއި ދަޅު ނައްތާލާފައެވެ.އެ ދުވަހު ކަސްޓަމްސްއިން ވަނީ ބަނގުއާވި ހިމެނޭ 25,469 ފުޅި، 12 ޕެކެޓު، އަދި 19،430 ދަޅު، ބަނގުއާވި ހިމެނޭ 30 ޗޮކްލެޓް، 97 ސިޑަރ ވެސް ނައްތާލާފައެވެ.

މީގެ އިތުރުން ނައްތާލި ތަކެތީގެ ތެރޭގައި 574 ސޮފްޓް ޑްރިންކް ފުޅިއާއި، 300 ގްރާމް ދުންފަތާއި، 23 ކިލޯގެ ބޭހުގެ އިތުރަށް، 39،200 ބިޑި ނުވަތަ ސިނގިރޭޓު ސްޓިކް ވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް