Advertisement
ކ. މާލެ
|
17 މެއި 2017 | ބުދަ 15:22
ކުނޫޒް ސަރަހައްދުގެ މަގު މަރާމާތުގެ ކުރުމުގެ ތެރެއިން
ކުނޫޒް ސަރަހައްދުގެ މަގު މަރާމާތުގެ ކުރުމުގެ ތެރެއިން
ރާއްޖެއެމްވީ
މަގު ހެދުން
މަގު ހެދުމުގެ މަސައްކަތް ރޯދަ މަހަށް މެދު ކަނޑާލައިފި
މަގު ހެދުމުގެ މަސައްކަތް އަލުން ފަށާނީ ފިތުރު އީދަށް ފަހު
މަޖީދީމަގު ނިންމައި މާލޭގެ އިތުރު 13 މަގެއް އަލުން ހަދާނެ

 މާލޭގެ ބޮޑެތި މަގުތައް އަލުން ގާ އަތުރައި މަރާމާތު ކުރަމުގެ މަސައްކަތް ކުރިއަށް ރަމްޟާން މަހަށް މެދު ކަނޑާލާފައިވާ ކަަމށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މަގުތަށް އަލުން ގާއަތުރައި މަރާމާތުގެ ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށާފައިވާއިރު އެންމެ ފުރަތަމަ މަރާމާތުގެ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މަޖީދީ މަގުގައެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމްދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖީދީމަގުގެ މަސައްކަތް ރަމްޟާން މަހަށް މެދުކަނޑާލައި މިއަދުން ފެށިގެން މަގު އެއްކޮށް ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މަގުހެދުމުގެ މަސައްކަތް އަލުން ފަށާނީ ފިތުރު އީދަށް ފަހުގައި ކަމަށެވެ.

މަޖީދީ މަގު އަލުން ހެދުމަށް މިދިޔަ އަހަރު ފެށި މަޝްރޫއުގެ ދަށުން ބޮޑު ބައިގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. މަޖީދީ މަގުގެ ހުޅަނގު ކޮޅުން ހަދަން ފެށި މަސައްކަތުގެ ދަށުން މިހާރު ވަނީ އޮލިމްޕަހާ ހަމައަށް ހަދާފައެވެ. 

މަޖީދީމަގު ނިންމައި މާލޭގެ އިތުރު 13 މަގެއް އަލުން ހަދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި މަސައްކަތުގެ ދަށުން ގާތަށް އަލުން އެތުރުމާއި ކާނުތައް ބަދަލުކުރުމާއި ހޮޅި އެޅުން ހިމެނެއެވެ. ހައުސިން މިނިސްޓްރީން ބުނެފައި ވަނީ މި މަސައްކަތް ނިމުމުން މަގުތައް ކޮންނަންޖެހޭ ވަރު މަދުވާނެ ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް