ކ. މާލެ
|
23 ޖުލައި 2021 | ހުކުރު 15:46
ބާރުގަދަ އަޑަކާއެކު އެއްޗެއް ގޮވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ބާރުގަދަ އަޑަކާއެކު އެއްޗެއް ގޮވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ހުޅުމާލޭގައި އެއްޗެއް ގޮވުން
ހުޅުމާލޭގައި އެއްޗެއް ގޮވީ ވެލްޑިންކުރުމުގެ ތެރޭގައި: ފުލުހުން
 
މިހާރު ވަނީ އާއްމުންނަށް އެ ސަރަޙައްދު ހުޅުވާލާފައި
 
އަޑުއިވުނީ ހުޅުމާލޭ ބޯގަންވިލާ މަގުގައި ކުޅިވަރުކުޅުމަށް އޮންނަ ހުސްބިމު ސަރަހައްދުން
 
ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 12:15 ހާއިރު

ހުޅުމާލޭގައި އެއްޗެއް ގޮވީ ވެލްޑިންކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 12:15 ހާއިރު ހުޅުމާލޭ ބޯގަންވިލާ މަގުގައި ކުޅިވަރުކުޅުމަށް އޮންނަ ހުސްބިމު ސަރަހައްދުން ބާރު އަޑަކާއެކު އެއްޗެއް ގޮވި ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދަށް އާއްމުންނަށް ނުވަދެވޭނެ ގޮތަށް ބުރާސްފަތި ދުވަހުގެރޭ ވަނީ  ބަންދުކޮށްފައެވެ.

މިހާރު އެ ސަރަހައްދު ހުސްކޮށް ނުރައްކަލެއް އޮތްތޯ ފުލުހުންނާއި ސިފައިން ގުޅިގެން ބަލާ ފާސްކުރުމަށްފަހު މިހާރު ވަނީ އާއްމުންނަށް އެ ސަރަޙައްދު ހުޅުވާލާފައެވެ. އަދި އެއްޗެއް ގޮވާފައިވަނީ އެ ސަރަޙައްދުގައި ހުރި ގެއަކުން ވެލްޑިންގ ކުރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތުދިން އާއްމުންގެ މީހަކު ބުނީ އެއްޗެއް ގޮވި އަޑު ވަރަށް ބާރަށް އިވުނު ކަމަށާއި، އެވަގުތު އަލިފާން ވެސް ފެނުނު ކަމަށެވެ. އެމީހާ ބުނީ އަޑުން ހީވަނީ ގޮވާފައިވަނީ ގޭސްފުޅިއެއް ކަހަލަ އެއްޗެއްކަމަށް ލަފާކުރެވޭ ކަމަށެވެ. އެމީހާ ބުނީ އެވަގުތު ގިނަ އަދަދެއްގެ ބަޔަކު އެތަނަށް އެއްވިކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މީހަކު ރަހީނުކޮށްގެން ފައިސާ ފޭރުނު މައްސަލައެއްގެ ތަހުގީގަށް ހޯދާ މީހެއްގެ ވަނަވަރު އާންމުކޮށްފި