ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަލްޓި ޕާޓީ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އުފަންދުވަސް ފާހަގަކޮށް ގިނަ ބައެއްގެ ހެޔޮއެދުންތައް ސޯޝަލް މީޑިއާއަށް ބަންޑުން ކޮށްލައިފިއެވެ.
އަންގާރަ ދުވަހުގެ ރޭގެ މެންދަމު 12 ޖެހުމާއެކު ޓްވިޓާ މެދުވެރިކޮށް އެމަނިކުފާނަށް ދިޔައީ ގިނަ ބަޔަކު އުފަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައްދު ކުރަމުންނެވެ. އެއްބަޔަކު އެމަނިކުފާނާއެކު ނަންގަވާފައިވާ އަމިއްލަ ފޮޓޯތައް ހިމަނައިގެން އުފަންދުވަހުގެ ތަހުނިޔާގެ ޓްވީޓްތައް ކޮށްފައިވާއިރު އަނެއް ބަޔަކު ވަނީ އެފަދަ ފޮޓޯތައް އެމީހުންގެ ޕްރޮފައިލް ޕިކްޗަރގެ ގޮތުގައިވެސް ހިމަނާފައެވެ.
ރައީސް ނަޝީދަށް 50 އަހަރު ފުރުން ފާހަގަކޮށް އެކަމުގެ ތަހުނިޔާ ކިޔަމުންދާ ބައެއް މީހުން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށްޓަކައި ކުރެއްވި ބައެއް ކަންކަމާއި އެފަދަ ކަންކަމުގައި ހުންނަވަނިކޮށް ނަންގަވާފައިވާ އެމަނިކުފާނުގެ ފޮޓޯވެސް ހިމަނުއްވާފައެވެ. ރައްޔިތުންނާ ބައްދަލުވާއިރު އެމަނިކުފާނު އެ ގެންގެޅުއްވާ އޯގާތެރިކަން ދައްކުވައިދޭ ފޮޓޯތައްވެސް އުފަންދުވަހުގެ ތަހުނިޔާގެ މެސެޖްތަކުގައި ބައެއް މީހުން ދަނީ ހިމަނަމުންނެވެ.
49 adhi 50 ves Siyaasee bandhugai!
— Nauty (@nautymatox) May 16, 2017
Happy birthday sir @MohamedNasheed #HayaathehJaluga pic.twitter.com/5CSFoM8GGc
ރައީސް ނަޝީދަކީ އާ ޤާނޫން އަސާސީއަށްފަހު 2008 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ފުރަތަމަ ރައީސެވެ. އެމަނިކުފާނުގެ ވެރިކަން 2012 ގައި ފުލުހުންނާ ސިފައިންގެ ތެރެއިން ބަޔަކާއި އަދި އޭރުގެ އިދިކޮޅު ފަރާތްތައް ގުޅިގެން ބަދަލުކުރިއިރު އެމަނިކުފާނު ވަނީ ގިނަ ކަންތައްތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި ސީދާ ރައްޔިތުންގެ އިޖްތިމާއީ ހަމަޖެހުމާއި ގުޅުންހުރި ކަންތައްކުގެ ގޮތުގައި ބެލެވޭ، ހިލޭ ބޭސްކުރެވުމާއި، އެކަނިވެރި މައިންނަށް އިނާޔަތް ދިނުމާއި އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ޚާއްޞަ އިނާޔަތްފަދަ ކަންކަން ފާހަގަ ކޮށްލެވެއެވެ.
އޭގެފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިްތިޚާބުގައިވެސް އެންމެ ގިނަ ވޯޓް އެއްބޭފުޅަކަށް ލިބިވަޑައިގަންނަވާފައިވަނީ އެމަނިކުފާނަށެވެ.
ރައީސް ނަޝީދުގެ 50 ވަނަ އުފަންދުވަހާ ކުރިމަތިވިއިރު އެމަނިކުފާނު ހުންނެވީ ޓެރަރިޒަމްގެ ކުށުގައި ތޭރަ އަހަރު ޖަލުހުކުމެއްގައެވެ. އަދި އަމިއްލައަށް އަރުވާލެއްވިގެން ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގައެވެ.
Hayaathuge komme dhuvaheh thiya heydhakuravvanee dhivehinnah heyo gotheh hoadhaadhinumugai. Happy 50th b'day my president @MohamedNasheed pic.twitter.com/s3oNP4sZ1P
— Mohd Shifaz#FreePN (@mdpshippe) May 16, 2017
Happy Birthday, president @MohamedNasheed ! pic.twitter.com/CukSdNNx9H
— Imthiyaz Fahmy (@Imthiyazfahmy) May 17, 2017
Wishing a very happy birthday to president Nasheed. pic.twitter.com/A4QWPFBzP1
— Ahmed Thaufeeg (@ThaufeegAhmed) May 17, 2017
A half-century and you've made the world a better place.Happy Birthday @MohamedNasheed.
— Eva Abdulla (@evattey) May 16, 2017
Wishing you strength & laughter for many more years. pic.twitter.com/5krN1dK8dS
Your first 50 years have been pretty incredible, so I can’t wait to see the next 50. Happy Birthday to my wonderful friend @MohamedNasheed pic.twitter.com/wUHBqX1lLf
— Naushad Waheed (@Naushadarts) May 16, 2017
Happy Birthday Dhivehinge Raees @MohamedNasheed pic.twitter.com/ZzPfKJk3JT
— FREE RN (@nooraaneema33) May 17, 2017
Happy 50th Birthday Mr. President @MohamedNasheed ! You have inspired a generation through the power of hope and perseverance! Thank you! pic.twitter.com/VZBYP1vQCw
— Abdulla Shahid (@abdulla_shahid) May 16, 2017
Wish Former President @MohamedNasheed a very Happy Birth Day! pic.twitter.com/FI4mYjqpBn
— aminath nadira (@a_nadraa) May 16, 2017