ކ. މާލެ
|
19 ޖުލައި 2021 | ހޯމަ 21:15
ޖަމާއަތުގައި އީދު ނަމާދު ކުރަނީ
ޖަމާއަތުގައި އީދު ނަމާދު ކުރަނީ
އިސްލާމިކް މިނިސްޓްރީ
މާލެ ސަރަހައްދުގައި އީދު ނަމާދު ކުރާ މިސްކިތްތައް
މާލެ ސަރަހައްދުގައި އީދު ނަމާދު ކުރާނީ 39 މިސްކިތެއްގައި
26 މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭނެ
މާލޭގައި ނަމާދު ކުރުމަށް ހަމަ ޖެހިފައިވަނީ 25 މިސްކިތުގައި
ހުޅުމާލޭގެ 9 މިސްކިތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވޭ

މާލެ ސަރަހައްދުގައި އަޟްޙާ ޢީދު ނަމާދު ކުރާނީ 39 މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އީދު ނަމާދު ކުރާ 39 މިސްކިތުގެ ތެރެއިން 26 މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ. މާލެ ސަރަހައްދުގައި ނަމާދު ކުރުމަށް ހަމަޖެހިފައިވާ 39 މިސްކިތުގެ ތެރެއިން މާލޭގައި ނަމާދު ކުރުމަށް ހަމަ ޖެހިފައިވަނީ 25 މިސްކިތުގައެވެ.

އަދި ހުޅުމާލޭގެ 9 މިސްކިތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު ވިލިނގިލީގެ 3 މިސްކިތެއްގައާއި ހުޅުލޭގެ 2 މިސްކިތެއްގައި ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ވިލިނގިލީގައި ނަމާދުކުރާ ތިން މިސްކިތުގައި ވެސް އަންހެނުންނަށް ނަމާދު ކުރެވޭއިރު ހުޅުލޭގެ ދެ މިސްކިތުގައި ވެސް ނަމާދު ކުރެވޭނީ ހަމައެކަނި ފިރިހެނުންނަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި އަހަރުގެ އަޟްޙާ ޢީދު ނަމާދު މާލޭ ސިޓީގައި ބޮޑު ޖަމާޢަތުގައި ނުކުރާގޮތަށް ނިންމާފައިވާއިރު މާލެ ސިޓީގައި ބޮޑު ޖަމާޢަތް ހަދައިގެން އީދު ނަމާދު ނުކުރި ކަމުގައިވީ ނަމަވެސް އަތޮޅުތެރޭގެ ކޮވިޑް-19ގެ ހާލަތު ރަނގަޅު ރަށްރަށުގައި އެ ރަށެއްގެ ރައްޔިތުން ބޭނުންވެއްޖެނަމަ ބޮޑު ޖަމާޢަތް ހެދިދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކޮވިޑްގެ ނުރައްކާ ރާއްޖެއަށް ކުރިމަތިވުމުގެ ކުރިން އަޟްޙާ ޢީދާއި، ފިޠުރު ޢީދު ނަމާދު ކުރަނީ ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާޢަތް ހަދައިގެންނެވެ. މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ރައްޔިތުން ބޭނުންވާ ކަމެއް ކަމުގައިވީ ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައި ވެސް ބޮޑު ޖަމާޢަތުގައި ނަމާދުކޮށްފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް