ކ. މާލެ
|
19 ޖުލައި 2021 | ހޯމަ 18:36
މުސްލިމުންނަށް އިޙްސާންތެރިވާ ފަދައިން ޣައިރު މުސްލިމުންނަށްވެސް އިޙްސާންތެރިވުމަށް މާތްﷲ އަންގަވާފައިވޭ
މުސްލިމުންނަށް އިޙްސާންތެރިވާ ފަދައިން ޣައިރު މުސްލިމުންނަށްވެސް އިޙްސާންތެރިވުމަށް މާތްﷲ އަންގަވާފައިވޭ
އަލްހަރަމް ޓީވީ
ޙައްޖު ޚުތުބާ
ޢަދުއްވުންނާމެދުގައިވެސް އިޙްސާންތެރިވާންޖެހޭ: ޙައްޖު ޚުތުބާ
 
ކުރާ ކޮންމެ ކަމެއްގައި ވެސް އިޙްސާންތެރިވުމަށް ވަނީ އަންގަވާފައި

ޢަދުއްވުންނާ ދެތޭރޭގައިވެސް އިޙްސާންތެރިވާންޖެހޭނެ ކަމަށް މިއަދުގެ ޙައްޖު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނެފައިވަނީ މުސްލިމުންނަށް އިޙްސާންތެރިވާ ފަދައިން ޣައިރު މުސްލިމުންނާމެދު ވެސް އިޙްސާންތެރިވުމަށް މާތްﷲ އަންގަވާފައިވާ ކަމަށާއި، އެފަދަ މީހުންނާމެދުވެސް ވީހާވެސް ރީތިކޮށް މުޢާމަލާތް ކުރުމަށް އަންގަވާފައިވާ ކަމަށެވެ. އަދި އެފަދައިން ކަންކުރާ މީހުން ދުނިޔެވީ ހަޔާތުގައި ވެސް އުޚްރަވީ ހަޔާތުގައި ވެސް ނިކަމެތި ނުކުރައްވަވާނެކަމަށެވެ. އަދި ކުރާ ކޮންމެ ކަމެއްގައި ވެސް އިޙްސާންތެރިވުމަށާއި އެކަމެއްގައި އެންމެ ރީތިކޮށް، އެންމެ ފުރިހަމައަށް ކުރުމަށް އަންގަވާފައިވާ ކަމަށެވެ.

މާތްﷲ އިޙްސާންތެރިންދެކެ ލޯބިވެވޮޑިގަންނަވާކަން ޤުރުއާނުގެ އެތައް އާޔަތެއްގައި ވަޙީކުރައްވާފައިވާ ކަމަށާއި، މާތްﷲގެ ރަޙްމަތްފުޅު ވަނީ އެފަދަ މީހުންނާއެކު ކަމަށްވެސް ވަނީ ޚުތުބާގައި ބުނެފައެވެ. މީގެ އިޙްސާންތެރިޔާގެ ހެޔޮ ޢަމަލުތައް ބޭކާރު ޢަމަލުތަކެއް ކަމުގައި ނުލައްވަވާނެކަމަށް މާތްﷲ ވަޢުދުވެވޮޑިގެންފައިވާކަން ވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ކީރިތި ރަސޫލާ ފޮނުއްވަވައި، މީސްތަކުންނަށް ޙިކުމަތާއި ޢިލްމު ދެއްވަވައި، މީސްތަކުންނަށް ހިދާޔަތަށް ގޮވައިލެއްވިކަމަށާއި، މިއީ މާތްﷲ އަޅުތަކުންނަށް އިޙްސާންތެރިވެވޮޑިގަތުމުގެ ގޮތުން ލެއްވި ވަރަށް ބޮޑު ނިޢުމަތެއް ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި މި ނިޢުމަތަށް އިޙްސާންތެރިވެ ރަސޫލާ ދެއްކެވި މަގުގައި އުޅުމަށް ވަނީ އަންގަވާފައިވާފައެވެ.

އިޙްސާންތެރިވުމުގެ ގޮތުން މާތްﷲގެ އަޅުތަކުންނަށްވެސް އިޙްސާންތެރިވެ، އަޅާލައި، އޯގާތެރިވާން ޖެހޭނެ ކަމަށާއި، އަދި ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރުމާއި އަނބިންނާއި ފިރިންނަށް ހެޔޮކޮށް ހިތުމަށް ވަނީ އަންގަވާފައެވެ. މުޖުތަމައުގެ ނިކަމެތިންނާއި ފަޤީރުންނަށް އަޅާލައި، ޔަތީމުންނަށް އޯގާތެރިވުމަށްވެސް ވަނީ ހަނދުމަކޮށްދީފައެވެ.

ޙައްޖު ދުވަހުގެ މާތްކަމަށް އަލިއަޅުއްވާލައްވައި ޚުތުބާގައި ބުނެފައިވަނީ، މި ދުވަހަކީ ކޮންމެ އަމަލެއްގައި އެތައް ގުނައެއްގެ ސަވާބު ލިބިގެންވާ ދުވަހެއް ކަމަށެވެ. ނަމާދުތައް ޤާއިމުކުރުމަށާއި ދީނުގެ ރުކުންތަކަށް ސަމާލުކަން ދިނުމަށްވެސް ވަނީ ބާރުއަޅުއްވާފައެވެ.

ﷲ ދެއްވެވި ނިޢުމަތްތައް މަތިން ހަނދުމަކޮށް ޝުކުރުވެރިވުމަށާއި، މާތްﷲއަށް ޙައްޤުގޮތުގައި އިހްސާންތެރިވުމަށާއި، ހުރިހާ އަޅުތަކުން ވެސް ކީރިތި ޤުރުއާނަށް އަމަލުކޮށް، ހިދާޔަތުގެ މަތީގައި ސާބިތުވުމަށް އަންގަވާފައިވެއެވެ.

ދުނިޔެވީ އަމަލުތައް ހިންގުމުގައި ވާ ޢަހުދުތައް ފުއްދުމަށް ހަނދާންކޮށްދީ ޚުތުބާގައި ބުނެފައިވަނީ، އެ ޢަހުދުތަކާ ޚިލާފުވާނަމަ ޤިޔާމަތް ދުވަހުން އެކަމާމެދު ސުވާލު ކުރެއްވޭނެ ކަމަށެވެ. އެއްވެސް މަސައްކަތު މީހަކަށް ނުއުފުލޭވަރުގެ ބުރައެއް ނުޖެއްސުމާއި ހެޔޮކޮށް ކަންތައް ކުރެއްވުމަށް ރަސޫލާވެސް ބާރުއެޅުއްވި ކަމަށެވެ.

އަދި ތައުބާވާ އަޅުތަކުންނަށް ތައުބާގެ ދޮރު ހުޅުއްވާފައިވާފައި ވުމަކީ މާތްﷲ އެކަލާނގެ އަޅުތަކުންނަށް އިޙްސާންތެރިވެވޮޑިގެންވާކަމުގެ ވަރުގަދަ ހެތްކެއްކަމަށެވެ.

ކޮންމެ ފަދަ ފާފަތަކަކާއެކު އައިނަމަވެސް މާތްﷲގެ ޙަޟްރަތަށް ރުޖޫޢަވެއްޖެނަމަ އެކަލާނގެ އެ ފާފަތައް ފުއްސަވައިދެއްވާނެ ކަމަށެވެ. އަދި ހެޔޮކަމުގެ މައިދާނުގައި އެކަކު އަނެކަކަށްވުރެ ކުރިއަރައި ދިޔުމަށް ވަނީ ބާރު އަޅުއްވާފައި ކަމަށެވެ.

ޚުތުބާގައި މައިގަނޑު ގޮތެއްގައި، އިޙްސާންތެރިވުމުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު، ﷲ ތައާލާގެ ހަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކެއް ކަމަށް ވާއިރު އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް