ކ. މާލެ
|
18 ޖުލައި 2021 | އާދީއްތަ 14:04
ގްރޭޓަރ މާލެ ގްރިޑް އެނަރޖައިޒްކުރުމުގެ މަސައްކަތް ޖުލައި 17 ވަނަ ދުވަހު ވަނީ ފަށާފައި
ގްރޭޓަރ މާލެ ގްރިޑް އެނަރޖައިޒްކުރުމުގެ މަސައްކަތް ޖުލައި 17 ވަނަ ދުވަހު ވަނީ ފަށާފައި
ސްޓެލްކޯ
ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް
ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑުގެ ފުރަތަމަ ސާކިޓް އެނަރޖައިޒްކޮށްފި
 
މި ގްރިޑްގެ ދެވަނަ ސާރކިޓް އެނަޖައިޒްކުރުމަށް ސްޓެލްކޯއިން ތާވަލްކޮށްފައިވަނީ އަންނަ ބުދަދުވަހު
 
ގްރޭޓަރ މާލެ ގްރިޑް އެނަރޖައިޒްކުރުމުގެ މަސައްކަތް ޖުލައި 17 ވަނަ ދުވަހު ވަނީ ފަށާފައި
 
މި މަސައްކަތް މި މަހުގެ ތެރޭގައި ނިންމާނެ

ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑުގެ ފުރަތަމަ ސާކިޓް އެނަރޖައިޒްކޮށްފިއެވެ.

ގްރޭޓަރ މާލެ ގްރިޑް އެނަރޖައިޒްކުރުމުގެ މަސައްކަތް ޖުލައި 17 ވަނަ ދުވަހު ވަނީ ފަށާފައެވެ. ސްޓެލްކޯއިން ވަނީ މި މަސައްކަތް މި މަހުގެ ތެރޭގައި ނިންމާނެކަމަށް ބުނެފައެވެ. އަދި މި މަސައްކަތް ކުރިއަށްދާ ދުވަސްތަކުގައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނީ، ގްރޭޓަރ މާލެ ގްރިޑް އެނަޖައިޒްކުރުމުގެ ފުރަތަމަ ދުވަހުގެ މަސައްކަތް ކާމިޔާބުކަމަށެވެ. އަދި އެ މަސައްކަތުގައި އެއްވެސް ޓެކްނިކަލް މައްސަލައެއް ކުރިމަތިނުވާކަމަށާއި، ގްރިޑުގެ ފުރަތަމަ ސާކިޓް މިހާރު އެނަރޖައިޒްކޮށްފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން ހުޅުލޭ އިންޖީނުގެ އާއި މާލޭ އިންޖީނުގެ ސިންކްރޮނައިޒްކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި ގްރިޑްގެ ދެވަނަ ސާރކިޓް އެނަޖައިޒްކުރުމަށް ސްޓެލްކޯއިން ތާވަލްކޮށްފައިވަނީ އަންނަ ބުދަ ދުވަހުއެވެ. އެދުވަހު ހެނދުނު 8:00 އިން ހަވީރު 5:00 އަށް މަސައްކަތް ކުރިޔަށްދާއިރު، މާލެއާއި، ހުޅުމާލެއިން ކަރަންޓުކެނޑުމުގެ ފުރުސަތު އޮންނާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. މި މަސައްކަތުގެ ފަހު ދުވަސްކަމުގައިވާ އަންނަ ބުރާސްފަތި ދުވަހު ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަރޖައިޒްކުރުމުގެ މަސައްކަތެވެ. ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓްއިން ގުޅާލެވޭ މަޝްރޫޢެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް