ކ. މާލެ
|
16 މެއި 2017 | އަންގާރަ 20:59
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެ އެމްވީ
ކައުންސިލް އިންތިހާބު
ވޯޓް ހައްގުވާ 66 ޕަސެންޓް ވޯޓްލި، 116 ޝައުވާ ހުށަހެޅުނު: އިލެކްޝަންސް ކޮމިޝަން
ހުށަހެޅުނު 116 މައްސަލައިގެ ތެރެއިން 115 މައްސަލަ ވަނީ ނިންމާފަ
ނުނިމި އޮތް މައްސަލަ މިއަދު ނުވަތަ މާދަމާ ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ
އިލެކްޝަންސް ކޮމިޝަނުންބުނީ މިއީ މިހާތަނަށް ބޭއްވުނު އެންމެ އިންސާފުވެރި މައްސަލަތައް މަދު އިންތިހާބު ކަމަށް

މި މެއި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކގެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 66 ޕަސެންޓް މީހުން ވޯޓްލި ކަމަށާއި އިންތިހާބާ ގުޅޭ 116 މައްސަލައެއް ހުށަހެޅުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ މި އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށާއި އެކަން އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖެއައި ބޭރުގެ އޮބްޒާވަރުންނާއި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުންފަދަ މިނިވަން މުއައްސަސާތަކުގެ އިތުރުން އިންތިހާބު އޮބްޒާވްކުރި އެހެނިހެން ފަރާތްތަކުންވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ނިމި ދިއަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ މިހާތަނަށް ބޭއްވުމުން އެންމެ މިނިވަން އިންސާފުވެރި އިންތިހާބު ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އިކެލްޝަންސް ކޮމިޝަނުން ބުނީ މި އިންއިހާބުގައި ޖުމްލަ 116 މައްސަލައެއް އެކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅު ކަމަށާއި އޭގެ ތެރެއިން 115 މައްސަލަ ނިންމާ، އެމައްސަލަ ހުށަހެޅި ފަރާތްތަކަށް ޖަވާބު ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބާކީ އޮތް މައްސަލަ އަންގާރަ ދުވަހު ނުވަތަ ބުދަ ދުވަހު  ނިންމާ، އެމައްސަލަ ހުށަހެޅި ފަރާތައް ޖަވާބު ދެވޭނެ ކަމަށް ވެސް އެކޮމިޝަނުން ބުނެއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ހުށަހަޅާފައިވާ މައްސަލަތަކުގައި އިންތިހާބުގެ ނަތީޖާއަށް އަސަރެއް ފޯރާފަދަ މައްސަލައެއް ނެތް ކަމަށެވެ.

ނަމަވެސް ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބު އަލުން ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެގޮތުން ކޮމަންޑޫގެ ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައިވަނީ އިންތިހާބުގައި ވާދަކުރި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ތިން ކެންޑިޑޭޓަކާއި ޕީޕީއެމް ޓިކެޓްގައި ވާދަކުރި ތިން ކެންޑިޑޭޓުންގެ ތެރެއިން ތިން ވަނަ އަށް ދިޔަ އެމްޑީޕީގެ ދެ ކެނޑިޑޭޓަށް ލިބުނު ވޯޓް އެއްވަރު ވުމުގެ ސަބަބުން ކަމަށެވެ.

މަޑިފުށީ ކައުންސިލް އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލް ކޮށްފައެވެ. އެގޮތުން މަޑިފުށީ ކައުންސިލް އިންތިހާބު އަލުން ބާއްވަން ނިންމީ މަޑިފުއްޓަށް ނިސްބަތް ނުވާ މީހަކަށް ވޯޓްލުމުގެ ފުރުސަތު ދެވިފައިވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.  

 އެ ކައުންސިލްގެ އިންތިހާބުވެސް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފަ އެވެ.

- ކޮމެންޓް