Advertisement
ކ. މާލެ
|
16 މެއި 2017 | އަންގާރަ 19:47
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެ އެމްވީ
މަންދު ކޮލެޖު
މަންދު ކޮލެޖާއި މެލޭޝިއާގެ ބްރިކްފީލްޑްސް އޭޝިއާ ކޮލެޖާއެކު އެމްއޯޔޫއެއްގައި ސޮއެކޮށްފި
މި އެމްއޯޔޫގެ ދަށުން އިނގިރޭސި ވިލާތުގެ 25 ޔުނިވާސިޓީއެއްގެ ޑިގްރީ ޕްރޮގްރާމްތަކުގައި މަންދު ކޮލެޖުގެ ދަރިވަރުންނަށް ބައިވެރިވެވޭނެ

މަންދު ކޮލެޖާއި މެލޭޝިއާގެ ބްރިކްފީލްޑްސް އޭޝިއާ ކޮލެޖް އާއި ދެމެދު (ބީއޭސީ) އެމްއޯޔޫއެއްގައި މިއަދު ސޮއެކޮށްފިއެވެ.

މި އެމްއޯޔޫގެ ދަށުން މަންދު ކޮލެޖުގެ ބިޒްނަސް ފަސްޓް ޑިގްރީ ޕްރޮގްރާމްގެ ފުރަތަމަ އަހަރު ނިންމާލުމަށްފަހު މެލޭޝިއާގެ ބީއޭސީއަށް ގޮސް ޑިގްރީގެ ބާކީ ހުރި އަހަރު ފުރިހަމަ ކުރެވޭނެ އެވެ. އަދި މި ކޯސް ފުރިހަމަ ކޮށްގެން ލިބޭނީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއެއްގެ ޑިގްރީއެއް ކަމަށް ވެސް މަންދު ކޮލެޖުން ބުންޏެވެ. ހަމައެހެންމެ މަންދު ކޮލެޖުގެ ފައުންޑޭޝަން ނިންމާލުމަށްފަހު ބީއޭސީއަށް ގޮސް ސީދާ އިނގިރޭސި ވިލާތުގެ ޑިގްރީ ޕްރޮގްރާމްއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. 

މަންދު ކޮލެޖުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮލެޖުގެ މޮނިޓަރިން ޑިޕާޓްމަންޓުގެ ޑައިރެކްޓާ އިބްރާހިމް ރަޝީދު ވިދާޅުވީ މަންދު ކޮލެޖުގެ ދަރިވަރުންނަށް، ބީއޭސީގައި ހިންގާ އިނގިރޭސި ވިލާތުގެ 25 ޔުނިވާސިޓީއެއްގެ ޑިގްރީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ރަޝީދު ވިދާޅުވީ މަންދު ކޮލެޖަކި އަބަދުވެސް ދިވެހިންނަށް އާ ކަންތައްތަކެއް ފަހިކޮށްދޭ ކޮލެޖެއް ކަމަށާއި އެހެން ކަމުން ރަނގަޅު ފުރުސަތުތަކުގެ ބޭނުން ދިވެހިން ކުރުމަށް އެދޭ ކަމަށެވެ. މަންދު ކޮލެޖުގެ ދަރިވަރުންނަށް ކިޔަވަން ފުރުސަތު ލިބޭ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ ޕްރޮގްރާމްތަކުގެ ތެރޭގައި، ޔުނިވާސިޓީ އޮފް ލަންޑަންއާއި ޔުނިވާސިޓީ އޮފް ލިވަޕޫލް ފަދަ ޔުނިވާސިޓީތަކުގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބީއޭސީގެ މެނޭޖިން ޑައިރެކްޓާ ފިލިޕް ލިއޮނާޑް ވިދާޅުވީ ބީއޭސީގެ ބޭނުމަކީ އިނގިރޭސި ވިލާތުގެ ތައުލީމު ދިވެހިންނަށް ހެޔޮއަގެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

މަންދު  ކޮލެޖަކީ 1998 ގައި ވުޖޫދަށް އައި މިހާރު 700އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކޮލެޖެކެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް