ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 03:03
ރައްޔިތުންގެ މަޖިލީހުގައި ހުންނަ ޖޭޕީ އޮފީހުގެ ބޭރުގައި ތަތްކޮށްފައިވާ ކަރުދާސްގަނޑު
ރައްޔިތުންގެ މަޖިލީހުގައި ހުންނަ ޖޭޕީ އޮފީހުގެ ބޭރުގައި ތަތްކޮށްފައިވާ ކަރުދާސްގަނޑު
ސޯޝަލް މީޑިއާ
ރައްޔިތުންގެ މަޖިލީހުގެ ޖޭޕީ އޮފީހުގެ ބޭރުގައި ކަރ
ޖޭޕީ އޮފީހު ބޭރުގައި "ޞާލިހު ޕާޓީ" އާއި "އެމްއެމްޕީ" ޖެހި މައްސަލަ ސުލޫކު ކޮމިޓީ އަށް
 
ސީސީޓީވީ ފުޓޭޖު ބަލައިދިނުމަށް ޖޭޕީން ވަނީ ހަމަ އެ ދުވަހު މަޖިލީހުގެ އިދާރާގައި އެދިފައި
 
ޖޭޕީއަށްް ދޫކޮށްފައިވާ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އަދި "އެމްއެމްޕީ" ލިޔެފައިވާ ކަރުދާސްގަނޑެއް ތަތްކޮށްފައި ހުއްޓާ ފެނުނީ ޖުލައި މަހުގެ 7 ވަނަ ދުވަހު

ރަައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަ ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އަދި "އެމްއެމްޕީ" ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ލިޔެފައިވާ ކަރުދާސްގަަނޑެއް ތަތްކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިޔާ ޑިރެކްޓަރ ހަސަން ޒިޔާއު އެކަމާއި ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކޮމިޓީ އަށް އެ މައްސަލަ ފޮނުވާފައިވާކަމަށެވެ. މިހާރު މަޖިލިސް ޗުއްޓީގައި އޮތްއިރު އެމައްސަލަ ސުލޫކު ކޮމިޓީއަށް ފޮނުވާފައިވަނީ ޗުއްޓީއަށް ދިޔުމުގެކުރިން ކަމަށް ޒިޔާއު ވިދާޅުވިއެވެ. އަދި މިމައްސަލަ ބެލުމުގައި ސުލޫކު ކޮމިޓީއަށް މަޖިލީހުގެ އިދާރާއިން ދޭންޖެހޭ އެއްބާރުލުން ދެމުންގެންދާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ. މަޖިލިސް ދެން ފެށޭނީ އަންނަ އޮގަސްޓް މަހުގެ 16ގައެވެ.

މަޖިލީހުގެ އިދާރާ އިން ކޮންމެ ސިޔާސީ ޕާޓީއަކަށް އޮފީހެއް ދޫކޮށްފައި ހުންނައިރު ޖޭޕީއަށްް ދޫކޮށްފައިވާ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އަދި "އެމްއެމްޕީ" ލިޔެފައިވާ ކަރުދާސްގަނޑެއް ތަތްކޮށްފައި ހުއްޓާ ފެނުނީ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ. އެދުވަހުގެ ޖަލްސާ އަކީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ދެ ފެކްޝަނުގެ އަރައިރުން ބޮޑުވި ދުވަހެކެވެ.

އެގޮތުން ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންނާއި ރައީސް ޞާލިހަށް ތާއީދުކުރައްވާ މެމްބަރުންގެ ދެމެދު އުފެދުނު ނުތަނަވަސްކަމަކާ ހެދި އެދުވަހު ވޯޓަށް އަހަން ހުރި ބައެއް ކަންތައްތަކަށް ވޯޓަށް ނާހާ ވަނީ އޭގެ އަނެއްދުވަހު އެކަންކަމަށް ވޯޓަށް އަހާފައެވެ. އެއީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލް ފާސްކުރުމަށް ނަގަން ހަމަޖެހިފައިވާ ވޯޓެވެ. އެ ވޯޓަށް އެދުވަހުގެ ޖަލްސާގައި ނޭހުނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މެމްބަރުން ތިއްބަވައިގެން ނޫނީ ވޯޓަށް ނޭހޭނެ ކަމަކަށްވާ އާމްދަނީއާ ގުޅުންހުރި ކަމެއްގައި ވޯޓަށް އަހަންޖެހުމުންނެވެ. އެމެމްބަރުން ތަޅުމުގައި ނެތުމުން ވޯޓަށް ނޭހުނީއެވެ.

އެ ކަރުދާސްގަނޑު ތަތްކުރީ ކޮންބައެއްތޯ ބެލުމަށް ސީސީޓީވީ ފުޓޭޖު ބަލައިދިނުމަށް ޖޭޕީން ވަނީ ހަމަ އެ ދުވަހު މަޖިލީހުގެ އިދާރާގައި އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް